ވަނުއާޓޫގެ ރައީސް އަވަހާރަވެއްޖެ

ކިޔުމަށް ހޭދަވާނީ 59ސ
ވަނުއާޓޫގެ ރައީސް އަވަހާރަވެއްޖެ
ވަނުއާޓޫގެ ރައީސް ބަލްޑަވިން ލޮންސްޑޭލް މިއަދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަވަހާރަވި އިރު ޢުމުރުފުޅަކީ 67 އަހަރެވެ.

ދި ވަނުއާޓޫ ޑެއިލީ ޕޯސްޓާއި ޙަވާލާދީ ބީބީސީ އިން ބުނެފައިވަނީ އޭނާ އަވަހާރަވީ ވެރިރަށް ޕޯޓް ވިލާގައި ކަމަށެވެ.

އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް ޕީޓަރ ކޮސްގްރޯވް ވިދާޅުވީ ލޮންސްޑޭލްއަކީ ޤައުމަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ބޭފުޅެއް ކަމަށެވެ. އަދި ގެއްލި އެދިޔައީ އަގު ނުކުރެވޭފަދަ ފަރާތެއް ކަމަށެވެ.

ލޮންސްޑޭލްގެ ޒަޢާމަތުގައި 2015 ވަނަ އަހަރުގެ މާރޗު މަހު ވަނުއާޓޫއަށް އެރި، ތޫފާނުގައި ޙާލުގައި ޖެހުނު 75000 މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެހީތެރިކަން ފޯރުކޮށްދީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާފައިވާ އިރު، ހަމަ އެ އަހަރުގެ އޮކްޓޯބަރ ވަނީ އެ ޤައުމުން ކޮރަޕްޝަން ނައްތާލެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައެވެ.

އެގޮތުން ޚުދު ލޮންސްޑޭލް އާއި އަރިހުގައި ގެންގުޅުއްވާ ހުރިހާ ބޭފުޅުންގެ މާލީ ބަޔާން ކަނޑައަޅާފައިވާ ތާރީޚަށް ހުށަހަޅުއްވާތޯ އާއި ހުށަނާޅުއްވާނަމަ އަދަބިދެއްވާ ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތައްވެސް ވަނީ ހިންގަވާފައެވެ.
މިއަދު އޮންލައިން