ޤަތަރުން ކުރަމުން ގެންދާ ކަންކަމުގެ ތެރެއިން އެހެން އަރަބި ޤައުމުތަކުން ކަންބޮޑުވާ ކަންތައްތަކުގެ ލިސްޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ސައުދީ ޚާރިޖީ ވަޒީރު އަލްޖުބައިރު ވިދާޅުވީ މިއީ ޑިމާންޑްތަކެއް ކަމަށް ވިދާޅުވަން ބޭނުންފުޅު ނޫން ކަމަށާއި ވިދާޅުވަން ބޭނުންފުޅުވަނީ ހުރި ކަންބޮޑުވުންތަކުގެ ލިސްޓެއް ކަމަށެވެ.
އަލްޖުބައިރު ވިދާޅުވީ މި ލިސްޓް އެކުލަވައިލުމުގެ މަސައްކަތްކުރުމުގައި ސައުދިއަރަބިޔާގެ އިތުރުން ޔޫއޭއީ، ބަހްރައިން، މިޞުރުވެސް ބައިވެރިވާ ކަމަށެވެ. އަދި މިލިސްޓު އެކުލަވައިލެއްވެވުމުން ޤަތަރަށް ހުށަހަޅުއްވާނެ ކަމަށާއި ހުށަހެޅުއްވުމުން ލަސްނުކޮށް ޤަތަރުން އެކަންކަމަށް އިޖާބަ ދޭނެ ކަމަށް ކަމަށެވެ.
އަރަބި ޤައުމުތަކުން އދ ގައި ދިން ބަޔާނެއްގައި ބުނެފައިވަނީ ޤަތަރާއިމެދު ފިޔަވަޅުތަކެއް އަޅަންޖެހުނީ ކަންތައްތަކެއް ރަނގަޅުކުރަން ތަކުރާރުކޮށް ޤަތަރުގައި އެދުމުންވެސް ޤަތަރުން އިޖާބަ ނުދިނުމުން މުޅި މެދުއިރުމަތީގެ މަޞްލަހަތަށްޓަކައި ކަމަށެވެ.