މުއްދަތު ހަމަވެފައިހުރި 4.5 ޓަނު ކަދުރު ހޯދައި އެތަކެތި އަތުލައިގަތުމާއިއެކު ސައުދިއަރަބިޔާގެ ޤާޠިފްގެ ކަދުރު ފެކްޓްރީއެއް ސައުދި ސަރުކާރުން ބަންދުކޮށްފިއެވެ.
ކޮމަރސް މިނިސްޓްރީން ބުނީ އަތުލައިގަނެވުނު ބައެއް ކަދުރު ވަނީ ޕެކެޓްކޮށް ބާޒާރަށް ނެރެން ތައްޔާރުކޮށްފައި ކަމަށެވެ. އަދި ކަދުރުތައް ހުރީ ރަނގަޅު ފެންވަރުގައި ވެސް ނޫން ކަމަށެވެ. އަދި މިއީ ކޮން ޤައުމެއްގެ ކަދުރުކަންވެސް އެނގެން ނެތް ކަމަށެވެ.
ރަމަޟާން މަހަކީ ސައުދީގައި ގިނަ އަދަދެއްގެ ކަދުރު ބޭނުންކުރާ މަހަކަށްވާތީ ބާޒާރުގައި ވިއްކަން ހުންނަ ކަދުރަކީ ރަނގަޅު ފެންވަރުގެ ކަދުރުކަން ކަށަވަރުކުރުމަށް ކޮމަރސް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.