ޔަމަނުގައި އެހީގެ ތަކެތި ބަހަން އުޅުނު 3 ލޮރީ ހޫތީ ހަނގުރާމަވެރިން ގޮއްވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޔަމަނުގައި އެހީގެ ތަކެތި ބަހަން އުޅުނު 3 ލޮރީ ހޫތީ ހަނގުރާމަވެރިން ގޮއްވާލައިފި
ޔަމަނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ އެހީގެތެކެތި ބަހަން އުޅުނު 3 ލޮރީ ހޫތީ ހަނގުރާމަވެރިން ގޮއްވާލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން 3 ލޮރީވެސް ގޮއްވައިލީ މަރީބްގެ ސަރަހައްދުގައެވެ.

މީގެ އިތުރުން އެހީގެ ތެކެތި ހިފައިގެން ދަތުރުުކުރާ ޔޫއޭއީގެ ބޯޓަކަށްވެސް ހޫތީ ހަނގުރާމަވެރިން ދަނީ ހުރަސް އަޅަމުންނެވެ.

މި މައްސަލަތައް މިހާރު ވަނީ އދ އަށް ހުށހަޅައިފައެވެ. ނަމަވެސް ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަސް އެއްވެސް ކަމެއް ފާސްކުރުން ފަސޭހަކަމަކަށް ނުވާނެއެވެ. ހޫތީ ހަނގުރާމަވެރިންނަކީ އީރާނުގެ ފުރިހަމަ މަދަދު ލިބިގެން އީރާނަށްޓަކައި ހަނގުރާމަކޮށްދޭ ބައަކަށްވާއިރު އީރާނުގެ މިފަދަ ކޮންމެ ކަމެއް ރަސިއާއިން ހިމާޔަތްކޮށްދޭނެއެވެ.

ޔަމަނުގެ ހާލަތާއިމެދު އޯއައިސީ އިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު އެންމެ ނިކަމެތި ހާލަތެއްގައި އޮތް ޤައުމަކީ ޔަމަނެވެ.
މިއަދު އޮންލައިން