ނުވަވަނަ މައިލޯ އިންޓަރ ސްކޫލް / ކޮލެޖު ޓީޓީ ޗެމްޕިއަންޝިޕް އަންނަ ޖުލައިމަހު ފަށަނީ

ކިޔުމަށް ހޭދަވާނީ 34ސ
ނުވަވަނަ މައިލޯ އިންޓަރ ސްކޫލް / ކޮލެޖު ޓީޓީ ޗެމްޕިއަންޝިޕް އަންނަ ޖުލައިމަހު ފަށަނީ
ނުވަވަނަ މައިލޯ އިންޓަރ ސްކޫލް / ކޮލެޖު ޓީޓީ ޗެމްޕިއަންޝިޕް އަންނަ ޖުލައިމަހު ފަށަން ނިންމާފައިވާ ކަމަށް ޓީޓީ އެސޯސިއޭނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތް އޮންނާނީ ޖުލައި 13 އިން 20 އަށް ކަމަށެވެ.

މި މުބާރާތުގައި 12 އަހަރުންދަށާއި 14 އަހަރުންދަށާއި 16 އަހަރުންދަށާއި 18 އަހަރުންދަށާއި 18 އަހަރުންމަތީގެ ޢުމުރުފުރާއިން ދެ ޖިންސާއި ޓީމު އިވެންޓާއި އަމިއްލަގޮތުންވެސް ބައިވެރިވެވޭގޮތަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ޖުލައި 3 ވަނަ ދުވަހުގެ 16:00އަށް ހަމަވާ އިރު، މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 7786647، 7481756 ނުވަތަ 3314014 އަށް ގުޅުމުން ލިބޭނެއެވެ. އަދި [email protected] އަށް އީމެއިލް ކުރުމުންވެސް ސާފުވާނެއެވެ.


މިއަދު އޮންލައިން