ފައިސާ އިން ފިޠުރު ޒަކާތް ދެވިދާނެ ހެއްޔެވެ؟

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ފައިސާ އިން ފިޠުރު ޒަކާތް ދެވިދާނެ ހެއްޔެވެ؟
ޖ. އިމާމު އަބޫޙަނީފާއާއި، އިމާމު ޙަސަނުލްބަޞްރީއާއި، އިމާމު ސުފިޔާން ޘައުރީއާއި، އިމާމު ބުޚާރީއާއި، ޚަލީފާ ޢުމަރު ބުނި ޢަބްދުލްޢަޒީޒާއި، އިމާމު ޢަޠާއު، އާއި މާލިކީ މަޒްހަބުގެ ބައެއް ދަންނަބޭކަލުންނާއި މިއެންމެހައި ބޭކަލުން ވިދާޅުވަނީ ފައިސާ އިން ފިޠުރު ޒަކާތް ނެރުން ހުއްދަކަމުގައެވެ. އެއީ ފަޤީރު މީހާގެ މަޞްލަޙަތައް ބަލައިއެވެ. އެހެނީ އެއްފަހަރާ ގިނަ ކާތަކެތި ލިބުމަށް ވުރެ ފައިސާ ލިބިއްޖެނަމަ އޭނާ އަށާއި އޭނާގެ އަބިދަރީންނަށް ބޭނުންވާ ޟަރޫރީ އެހެން ތަކެތި ގަތުމުގެ ފުރްޞަތު ބޮޑުވެގެން ދެއެވެ. މިހެންކަމުން ފައިސާ އިން ފިޠުރު ޒަކާތް ނެރުމަކީ ހުއްދަވެގެންވާ ކަމެކެވެ.

ޖަވާބުދެއްވީ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މިއަދު އޮންލައިން