މައިންބަފައިންނަށް އިހުތިރާމް ކުރުން

ކިޔުމަށް ހޭދަވާނީ 47ސ
މައިންބަފައިންނަށް އިހުތިރާމް ކުރުން
މައިންބަފއިންނަށް އިޙުތިރާމު ކުރާށެ ލޮބުވެތި ތިޔަ ކުދިން
................... މައިންބަފައިން ދެކެ ލޯބިވާށޭ ސާފު ހިތަކުން ތިޔަ ކުދިން
ހައްގުގައި ތިކުދިންގެ އުފުލާ ބުރަ ހިތަށް އަރުވާލަމުން
................... ރައްދުގައި ލޯބީގެ ހެޔޮ ބަސްތައް ބުނާށޭ ތިޔަ ކުދިން
ރަނގަޅުގޮތް ބުނެދޭ އަހައި ދޭ ހެޔޮ ނަސޭހަތުގައި އަހައި
................... މަގަކު ގޯސް ނުހިނގައި ރަނގަޅުގޮތުގައި އުޅޭށޭ ތިޔަ ކުދިން
ދީނުގައި އޮތްގޮތް ބަލައި ﷲ އެންގެވި ތެދުމަގުން
................... ދީނުގައި ސީދާވެ ތިބެ ކުރިޔަށް ދަމާހޭ ތިޔަ ކުދިން
ޝަރަފު ލިބި މަތިވެރި މަގާމާ ޢިލްމު ލިބުނަސް ދުނިޔެއިން
................... ފަރަގު ކުރުމެއް ނެތި ގަދަރުކޮށް ލޯބި ދޭށޭ ތިޔަ ކުދިން
ކިބުރުވެރިކަން އަށަނުގަނެ ހިނިތުންވެ އޯގާތެރި ވަމުން
................... އިބުރަތުގެ ދުނިޔޭން މައިންބަފައިން ބަލާށޭ ތިޔަ ކުދިން
ސުވަރުގޭގެ އުފާ އޮތީ ފައިތިލަދަށުން މަންމަގެ ލިބެން
................... ސުވަރުގޭން އެއުފާ އެދޭނަމަ ބަސްއަހާށޭ ތިޔަ ކުދިން
ދަރުމަޔާ ޖަންނަތުގެ ހިޔަލުން ރަހްމަތާ ނިޢްމަތް އަދައި
................... ހަރުހަވެރި ހިތަކުން ދުޢާ ކޮށް އަތްނަގާށޭ ތިޔަ ކުދިން
މިއަދު އޮންލައިން