ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ފުޓްސަލް ޗެލެންޖުގެ ސެމީފައިނަލުގެ ފަހުޖާގަ ކަށަވަރުކުރުމަށް ކުޅޭ ޕްލޭއޮފް ލީގުގެ ފުރަތަމަ މެޗު އެފްސީ ފްރެންޑްސް އިން ކާމިޔާބުކޮށްފިއެވެ.
މި މެޗު އެޓީމުން ކާމިޔާބުކުރީ ރިވަރސައިޑާއި ބައްދަލުކޮށް 7 ލަނޑު 2 ލަނޑުންނެވެ.
ރިވަރސައިޑުގެ 2 ގޯލު ޖަހައިދިނީ އަޙްމަދު އަނީޒް އާއި އިބްރާހިމް ނިހާމްއެވެ. އެފްސީ ފްރެންޑްސްގެ ގޯލުތައް ޖަހައިދިނީ އަޙްމަދު ޢަބްދުއްރަޙްމާން 4 ގޯލު އަދި އަޙްމަދު އިއްފާން 3 ގޯލެވެ. މޭން އިފް ދަ މެޗުގެ މަޤާމަށް ހޮވުނީ އަޙްމަދު އިއްފާންއެވެ.
މިރޭގެ މެޗުގައި ބައްދަލުކުރާނީ ޓޯރާބޯރާ އާއި އެފްސީ ފްރެންޑްސް އެވެ. މި މެޗުން އެފްސީ ފްރެންޑްސް މޮޅުވެއްޖެނަމަ، ސެމީގެ 4 ވަނަ ޖާގަ ކަށަވަރުވާނެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.
ކޯ ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީ ހަމަޖައްސާފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް، މީޑިއާ ޕާޓްނަރއަކަށް ވީ މީޑިއާ ވަނީ ހަމަޖައްސާފައެވެ.