ކައިވެނި ކުރަން ދެކޮޅު ހެދުމުން ލޯބިވެގެން އުޅުނު ޒުވާނާގެ މެއަށް ވަޅިހަރައި މަރާލުމަށްފަހު ހަށިގަނޑު ކައިރީގައި އަންހެނަކު ނިދައިފިއެވެ. ނިދީން ހޭލެވުމުން ފުލުހުންނަށް އެނގީވެސް އަމިއްލައަށެވެ.
ޝަރީއަތުގައި އަންހެން މީހާ ބުނީ ޒުވާނާ ދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި 500،000 ދިރުހަމް ދިނުމުގެ އިތުރުން 2 ކާރުވެސް ގަނެދީފައިވާނެ ކަމަށެވެ.
ދުބާއީގައި ވިޔަފާރިކުރި ރަސިއާ އަންހެނަކު އޭނާ ރައްޓެހިވެގެން އުޅުނު ފަލަސްޠީނުގެ ޒުވާނާ މަރައިލީ އޭނާ އާއި ކައިވެނިކުރަން ދެކޮޅު ހެދުމުންނެވެ. އޭނާ ކޯޓުގައި ބުނީ އޭނާގެ ލޯބިވެރިޔާގެ މެއަށް ވަޅިހެރީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި އަދި މަރުމުގެ ޤަޞްދުގައި ނޫން ކަމަށެވެ.