ވިޔާފާރީގަ މަކަރުހަދާނަމަ ޓެކްސްތައް އިތުރުކޮށް ރައްޔިތުން އިތުރަށް ފިއްތައިލާނެ ވެރިއަކު ފޮނުއްވަވާނެ: ޝައިޚް ޝުޢައިބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވިޔާފާރީގަ މަކަރުހަދާނަމަ ޓެކްސްތައް އިތުރުކޮށް ރައްޔިތުން އިތުރަށް ފިއްތައިލާނެ ވެރިއަކު ފޮނުއްވަވާނެ: ޝައިޚް ޝުޢައިބް
ވިޔަފާރީގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ގިނަ ގުނަވެގެންވާ ބޮޑެތި މުޞީބާތަތްތައް ފޮނުއްވަވާނެ ކަމަށާއި އެގޮތުން ރައްޔިތުންގެ އަތުން ބޮޑެތި ޓެކްސްތައް ނަގައި އެބައަކަށް އިތުރަށް ދަތިތައް ކުރިމަތިކުރުވާނެ ވެރިއަކުވެސް މާތް ﷲ ފޮނުއްވަވާނެ ކަމަށް އައްޝައިޚް އަޙްމަދު ޝުޢައިބް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ޝުޢައިބް ވިދާޅުވީ މުދަލުގެ އަގުތައް އުފުލަމުން ގެންދިއުމަކީ ވެސް މިނެކިރުމުން މަކަރުހެދުން ފަދައިން ވިޔަފާރީގައި މާތް ﷲ ނަހީކުރައްވަވާފައިވާ ކަމެއް ކަމަށެވެ. މުދަލުގެ އަގުތައް އުފުލުމަކީ މީސްތަކުންނަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށާއި މީސްތަކުންނަށް ނިކަމެތިކަން ލިބޭ ކަންކަމަކީ މާތްﷲ ނުރުއްސަވާ ކަންކަން ކަމަށެވެ. މުދަލެއްގެ އަގު އުފުލަންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެން. މުދަލުގެ އަގުތައް އުފުލުނީމާ އެކަމުގެ ދަތިތައް އިހްސާސްކުރާ ބައަކީ ނިކަމެތި ރައްޔިތުން.

ޝައިޚް ޝުޢައިބް ވިދާޅުވީ ވިޔަފާރީގައި މަކަރު ހެދުމަކީ ރައްޔިތުން ނިކަމެތިވަމުން ދާނެ ސަބަބެއް ކަމަށެވެ. އަދި އެކަން ޢާންމުވެ ބައެއް މުޖުތަމައުތަކުގައި ތަކެތި ގަންނަންދާ މީހާއަށް، ވިއްކާ މީހާ މަކަރުހަދާނެކަން ކަނޑައެޅިގެން އެނގޭއިރުވެސް ވިޔަފާރިކުރަންދަނީ އެކަމަށް ރުހި ޤަބޫލުވެގެން ކަމަށެވެ. "މަކަރު ހެދުމަކީ ވެސް އަދި އެކަމަށް ރުހި ޤަބޫލުވުމަކީ ހަރާމް ކުރައްވަވާފައިވާ ކަންކަން."

ޝައިޚް ޝުޢައިބް ވިދާޅުވީ މިފަދަ ހާލަތްތަކުގައި އެބައަކަށް މާތްﷲ މިންވަރުފުޅު ކުރައްވަވާ ވެރިންގެ އަނިޔާވެރިކަން ިއިންތިހާއަށް ބޮޑުވެގެންދާނެ ކަމަށެވެ. ބޮޑެތި ޓެކްސްތައް ނަގައި ރައްޔިތުންނަށް ނުއުފުލޭނެ ގިނަ މުޞީބާތްތައް ކުރިމަތިކުރުވާނެ ކަމަށެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށެވެ. "ހަމައެކަނި ކާފަރު ޤައުމުތަކަކަށް ނޫން އެފަދަ ވެރިން މިންވަރުފުޅު ކުރައްވަވަނީ. މުސްލިމް ޤައުމުތަކަށްވެސް މިންވަރުކުރައްވަވާ." ކަމަށްވެސް ޝައިޚް ޝުޢައިބް ވިދާޅުވިއެވެ.
މިއަދު އޮންލައިން