އެންމެ ޤާބިލު މީހުންނަށް މަސައްކަތް ހަވާލުކުރުމުގެ އުޞޫލް އަންގައިދެނީ އިސްލާމް ދީނުގެ މަތިވެރިކަން: ޝައިޚް ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެންމެ ޤާބިލު މީހުންނަށް މަސައްކަތް ހަވާލުކުރުމުގެ އުޞޫލް އަންގައިދެނީ އިސްލާމް ދީނުގެ މަތިވެރިކަން: ޝައިޚް ފަހުމީ
ކަންކަމަށް މީހުން އިސްކުރާއިރު ވަކި ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ބެލުމެއް ނެތި އެންމެ ޤާބިލް މީހުންނާއި މަސައްކަތް ހަވާލުކުރުމުގެ އޫޞޫލަކީ އިސްލާމް ދީނުގެ މަތިވެރިކަން ހާމަވެގެންދާ ސަބަބެއް ކަމަށް އައްޝައިޚް އަޙްމަދު ަފަހުމީ ދީދީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި ދަރުސް ދެއްވަމުން ޝައިޚް ފަހުމީ ވިދާޅުވީ އެހެން މުޖުތަމައުތަކަށް ބަލާއިރު ކަންކަން ހިނގަމުންދާ ގޮތް ތަފާތު ކަމަށެވެ. އެންމެ ކައިރިއަށްހުރި އަވަށްޓެރި ޤައުމުތަކުގައިވެސް ނަސްލުތަކަށް އިސްކަންދޭ ކަމަށެވެ.

ކައުއިތުރު ރަސުލާ މުޙައްމަދު (ޞޢވ) ގެ ހަޔާތްޕުޅަށް ބެލި ނަމަވެސް އަދި 4 ޚަލީފާއިންގެ ޒަމާނަށް ބެލި ނަމަވެސް އިސްލާމީ އުންމަތުގެ ކަންކަން ހަވާލުކުރައްވަމުން ގެންދެވީ އެކަމަކަށް އެންމެ ޤާބިލު ބައަކާއިއެވެ. އަދި ޒުވާނުންނަށް ގިނަ އަދަދެއްގެ އިސް މަޤާމުތަކާއި ހަނގުރާމަތަކުގައި ލީޑަރުކަން ލިބިގެން ދިއައީ ވެސް އެޒުވާނުންގެ ކިބައި ހުރި ޤާބިލުކަމުގެ ސަބަބުންނެވެ.

މީހަކާއި ކަމެއް ހަވާލުކުރާއިރު ޚާއްޞަކޮށް އެމީހަކަށް ކީރިތި ޤްރްއާން އެނގޭ އަދި ކީރިތި ޤްރްއާނަށް އަމަލުކުރާ މިންވަރަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޞަހާބީން ވަނީ ވަރަށް ބޮޑަށް ބައްލަވައިފައެވެ.

އެހެންކަމުން ޝައިޚް ފަހުމީ މިއަދުގެ ދަރުސްގައި އަލިއަޅުއްވައި ލެއްވެވީ މި ސަބަބުތަކަށް ކަމުގައިބެލެވެއެވެ.
މިއަދު އޮންލައިން