ވިޔަފާރިއަށާ ދަތުރުފަތުރުކުރަން އަޅާފައިވާ ހުރަސްތައް ނައްތާނުލަނީސް އެއްވެސް މަޝްވަރާއެއް ނުކުރާނަން: ޤަތަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ވިޔަފާރިއަށާ ދަތުރުފަތުރުކުރަން އަޅާފައިވާ ހުރަސްތައް ނައްތާނުލަނީސް އެއްވެސް މަޝްވަރާއެއް ނުކުރާނަން: ޤަތަރު
ބައެއް އަރަބި ޤައުމުތަކުން ޤަތަރާއިމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިނުލަނީސް އެއްވެސް ކަމަކާއިމެދު މަޝްވަރާކުރަން ބޭނުން ނޫން ކަމަށް ޤަތަރުން ބުނެފިއެވެ.

ޤަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޤަތަރާއިމެދު މިހާރުވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ކަމަށެވެ. އެގޮތުން ވިޔަފާރިއަށާއި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ނައްތައިނުލަނީސް އެއްވެސް ކަމަކާއިމެދު މަޝްވަރާ ނުކުރަން ޤަތަރުން ނިންމާފައިވާ ކަމަށެވެ.

ޚާރިޖީ ވަޒީރު މިމޭރުމުން ވިދާޅުވެފައިވާއިރު ޔޫއޭއީގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޕެރިހުގައި މިއަދު ވިދާޅުވީ ޤަތަރާއިމެދު އަޅާފައިވާ ފިޔަވަޅުތައް އަހަރުތަކަކަށް ދިގުލައި ދަމަހައްޓަންޖެހިދާނެ ކަމަށެވެ. ޤަތަރުގެ ވިސްނުން ބަދަލުކޮށް ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން އިސްކޮށް އެކަންކަން އަމަލީ ގޮތުން ތަންފީޒުކުރަން ފަށަންދެން ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށާއި ޖިހާދުގެ ނަމުގައި ހަނގުރާމަކުރާމީހުންނާއި ޤަތަރުން މިހާރުން މިހާރަށްވެސް ގުޅުން ކަނޑައިލަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން