އަބޫދާބީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލައިފި

ކިޔުމަށް ހޭދަވާނީ 2މ 14ސ
އަބޫދާބީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލައިފި
އަބޫދާބީގައި އުމުރުން 11 އަހަރުގެ ކުޑަކުއްޖަކު މިސްކިތުގައި ހުއްޓާ، މޫނު ބުރުގާ އަޅައިގެން އައި ފިރިހެނަކު އެކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލައިފިއެވެ.

މީގެ ދެ ހަފްތާ ކުރިން، އަޒާން މާޖިދު ޖެންޖުއާ ނަމަކަށް ކިޔާ މިކުޑަކުއްޖާ ޢަސްރު ނަމާދުކުރަން މިސްކިތުގައި ހުއްޓާ، މޫނު ބުރުގާ އަޅައިގެން ހުރި މީހަކު އައިސް އޭނާ ގެންދާތަން ވަނީ ސީސީޓީވީ ކެމެރާއިން ފެނިފައެވެ.

ތަޙުޤީޤުތަކުން އެނގުން ގޮތުގައި، މޫނު ބުރުގާ އަޅައިގެން އައިސް އަޒާން ގެންދިޔައީ ފިރިހެނެކެވެ. އަޒާންގެ މައިންބަފައިން ބުނި ގޮތުގައި، އަޒާން އަކީ ނުދަންނަ މީހުންނާއި އަދި ޚާއްސަކޮށް ނުދަންނަ ފިރިހެނުންނާއި ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. އަޒާން އެމީހާއާއި އެއްކޮށް ދާނީ، އެއީ އަންހެނެއް ކަމަށް ހީކޮށް ކަމަށް އަޒާންގެ މަންމަ ގަލްފްނޫހަށް މަޢުލޫމާތު ދީފައިވެއެވެ.

އަޒާންގެ މަންމަ އަކީ ރަޝިޔާ މީހެކެެވެ. އަދި ބައްޕަ އަކީ ޕާކިސްތާނުގެ ޑޮކްޓަރެކެވެ. ގަލްފް ސްޓޭޓްގައި އަޒާން ދިރިއުޅުނީ އޭނާގެ މައިންބަފައިންނާއި އެކު އެވެ.

ސީސީޓީވީ ކެމެރާއިން ނަގާފައިވާ ވީޑިއޯ އިން ފެންނަނީ، މޫނު އަޅާފަައި ހުރި މީހަކު އަޒާން ގޮވައިގެން ލިފްޓަށް އަރާތަނެވެ. އެމީހާގެ ކޮނޑުގައި އަތްދަބަހެއް ވެސް އޮތެވެ.

އަބޫދާބީ ގެ ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މޫނުއަޅަަަައިގެން އައި މީހާއަކީ ޕާކިސްތާނުގެ ފިރިހެނެއް ކަމަށް ޝައްކު ކުރެވެއެވެ. އެމީހާ އަޒާން އަށް ޖިންސީ ގޯނާ ކުރުމަށްފަހު ކަރުގައި ހިފާ މަރާލާ އެއްލާލާފައި އޮތީ އެބިލްޑިންގ ގެ ފުރާޅު މައްޗަށެވެ.

"އެމީހާ އަންހެނަކަށް ވެގެން ހެދުން އަޅައިގެން އައީ ހަމަ ސީދާ އޮޅުވާލަން. އެއީ އެމީހާއަށް ވެސް އެނގޭ އެކުޑަ ކުއްޖާ އެއްވެސް ފިރިހެނަކާއި އެކީ ނުދާނެކަން މައިންބަފައިންގެ ހުއްދަ ނުހޯދާ" އަބޫދާބީ ޕޮލިސް ގެ މޭޖަރ ޖެނެރަލް މަކްތޫމް އަލް ޝާރިފީ ވިދާޅުވިއެވެ.

ދެބައި ކުޅަ އެއްބަޔަށް ބަރަހަނާ ހާލުގައި، ފުރާޅުމަޓީގައި މަރާލާފައި އޮއްވާ އަޒާން ފެނުނީ އެއަރ ކޮންޑިޝަން ޓެކްނިޝަނުންތަކަކަށެވެ. އަޒާން މަރާލާފައި އޮތްއިރު ކައިރީގައި ކީރިތި ޤުރުއާން ފޮތެއް ވެސް އޮތެވެ.

އަޒާންގެ ބައްޕަ ޑރ. މާޖިދު ޖަންޖުއާ ބުނީ އަޒާން ހުރީ އެދުވަހު ރޯދައަށް ކަމަށާއި އެދުވަހު މިސްކިތައް ދިޔައީ ޢަސްރު ނަމާދުކޮށް ޤުރުޢާން ކިޔެވުމަށް ކަމަށެވެ. އަދި އޭސީ ޓެކްނިޝަނުން އަޒާންގެ ފުރާނަ ނެތް މަސްގަނޑު ފެނުނު ޚަބަރު ދިނުމުން ވަރަށްބޮޑު ޝޮކެއް ލިބުން ކަމަށް ވެސް އަޒާން ގެ ބައްޕަ ބުންޏެވެ.

މިވިޔާނުދާ ފާޚިޝް ޢަމަލު ހިންގި ފިރިހެން މީހާ މިހާރު އަބޫދާބީ ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އެމީހާ ވީ އަޒާން ގެ މައިންބަފައިން ދަންނަ މީހަކަށެވެ.


މިއަދު އޮންލައިން