ހަމައެކަނި ޝަހާދަތް ކިޔުމަކުން ނުފުދޭ- ސުވަރުގެ ވަދެވޭނީ ޝަހާދަތަށް އަމަލުވެސް ކޮށްގެން: ޝައިޚް ހައިޝަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހަމައެކަނި ޝަހާދަތް ކިޔުމަކުން ނުފުދޭ- ސުވަރުގެ ވަދެވޭނީ ޝަހާދަތަށް އަމަލުވެސް ކޮށްގެން: ޝައިޚް ހައިޝަމް
ޝަހާދަތުގެ ދެ ކަލިމަ ހަމައެކަނި ދުލުން ކިޔުމަކުން ނުފުދޭ ކަމަށާއި ސުވަރުގެވަނުމަށްޓަކައި ޝަހާދަތުގެ ދެކަލިމަ މަތީގައި ސާބިތުވެ ހުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އައްޝައިޚް ހައިޝަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިހްޔާ ފޯރަމްގައި ދަރުސް ދެއްވަމުން ޝައިޚް ހައިޝަމް ވިދާޅުވީ މާތްﷲގެ ރަޙްމަތްފުޅާއިއެކު އަޅުގަނޑުމެންނަކީ ތައުޙީދުގެ ދެކަލިމަ މަތީގައި ތިބި ބައެއް ކަމަށާއި އާޚިރަތަށް ކުރާ ދަތުރުގައި އަޅުގަނޑުމެންނަށް އޮތީ ދެ ކަލިމަ މަތީގައި އަމަލުތައް ސާބިތުކުރުން ކަމަށެވެ.

"މާތްﷲ ވަޙީ ކުރައްވަވާފައިވަނީ ތައުޙީދުގެ ދެ ކަލިމަ މަތީގައި ސާބިތުވެ ހުރެއްޖެެ މީހާއަށް ނަރަކަ ޙަރާމް ކުރައްވަވާފައިވާކަމަށް. އެއިގެ މާނައަކީ ތައުޙީދުގެ ދެ ކަލިމައަށް އަމަލުކުރުން."

ޝައިޚް ހައިޝަމް ވިދާޅުވީ ތައުޙީދުގެ ދެ ކަލިމަ މަތީގައި ސާބިތުވުމަށްފަހު ދެން އެންމެ މުހިންމީ ތަޤްވާވެރިކަން ކަަމަށެވެ. އަދި ތަޤްވާވެރިކަމަކީ ސުވަރުގެ ވަނުމުގެ ތަޅުދަނޑި ކަމަށެވެ.

"މާތްﷲ ވަޙި ކުރައްވަވާފައިވަނީ ސުވަރުގެ ވާރުތަވަނީ ތަޤްވާވެރިންނަށް ކަމަށް."

ޝައިޚް ހައިޝަމް ވިދާޅުވީ ތަޤްވާވެރިކަން ވަރުގަދަކޮށް ހިފަހައްޓަން ކުރަން އެންމެ މުހިންމު އެއް ކަމަކީ ގިނަގިނައިން މަރު ހަދާން ކުރުން ކަމަށެވެ. ހަމަ އެއާއިއެކު ދުނިޔެއަކީ ދާއިމީ ތަނެއް ނޫން ކަމާއި ވަގުތީ މަންޒިލެއްކަން ގިނަގިނައިން ހަނދާންކުރުން ކަމަށެވެ.

ދުނިޔޭގެ ޒނަތްތެރިކަމަށާއި ދުނިޔަވީ އުފާތަކަށް ނުހެއްލުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަަރަށް ގިނައިން ހަދީޘްފުޅު ކުރައްވަވާފައިވާ ކަމަށާއި އާޚިރަތުގެ ދިންނެވުން ލިބުން އޮތީ އެކަންކަމަށް ވިސްނައިގެން ކަމަށްވެސް ޝައިޚް ހައިޝަމް ވިދާޅުވިއެވެ.

މިއަދު އޮންލައިން