އެމެރިކާގަ ދަމުނަމާދުން ފޭބި 17 އަހަރުގެ އަންހެންކުއްޖަކު ތަޅާ ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމެރިކާގަ ދަމުނަމާދުން ފޭބި 17 އަހަރުގެ އަންހެންކުއްޖަކު ތަޅާ ޝަހީދުކޮށްލައިފި
އެމެރިކާގެ ވަރޖިނިއާގެ މިސްކިތަކުން ދަމުނަމާދު ކޮށްގެން ފޭބި 17 އަންހެންކުއްޖަކު ގެއަށް ދިއަ މަގުމަތީގައި ތަޅާ ޝަހީދުކޮށްލުމަށްފަހު ފެންގަނޑަކަށް އެއްލާލައިފިއެވެ.

ފުލުހުން ވަނީ ޝަހީދުވި ކުއްޖަކީ ކާކުކަން ހާމަކުރަން ދެކޮޅުހަދައިފިއެވެ. ނަމަވެސް މުސްލިމް ޖަމާއަތްތަކުން ބުނެފައިވަނީ ޝަހީދުކޮށްލާފައިވަނީ 17 އަހަރުގެ ނަބްރާ ހަސަނިން ކަމަށެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް މިއީ "ޓްރަމްޕް ކުޅިގަނޑާ ގުޅުންހުރި ކަމެއް" ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. ހާދިސާ އާއި ގުޅިގެން ގިނަ ބައަކު ބުނަމުން ގެންދަނީ ފުުލުހުންގެ ތަޙްޤީޤް ކޮންމެ ނަމެއްގައި ކުރިއަށް ގެންދިއަ ނަމަވެސް މިއީ "ޓްރަމްޕް ފީވަރ" ގެ އަސަރު ކަމަށެވެ.

"މުސްލިމުން ފެނުނީމަ މޮޔަވަނީ. މުސްލިމުން ނަމަދުކުރާތީ ހަޖަމް ނުކުރެވެނީ. ކިތަންމެ ގިނަ ބައަކު މެރި ނަމަވެސް ނަމާދުކުރުމެއް ޓްރަމްޕަކަށް ނުހުއްޓުވޭނެ" ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިންގާފައިވަނީ އަދީއްތަ ދުވަހުގެ ރޭ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިސްކިތުން ނުކުތީ ކުދިންތަކަކާއިއެކުއެވެ. އެންމެ ކުރީގައި އޭނާ ހުރުމުން އޭނާގެ ގައިގައި ތަޅައިގަތީއެވެ. އެތަން ފެނުމުން ކުދިން ދުވެ ގޮސް މިސްކިތަށް ވަނީއެވެ.

ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އައިފަހުން މުސްލިމުން ޝަހިދުކުރުމާއި މިސްކިތްތައް އެނދުން ވަނީ ޢާންމު ކަމަކަށްވެފައެވެ.
މިއަދު އޮންލައިން