ޓްރަމްޕް ސުލްހަ ސުލްހައޭ ކިޔަނިކޮށް އިޒްރޭލުން ފަލަސްޠީނު ބިމުގައި އިތުރު ގެތައް އަޅަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޓްރަމްޕް ސުލްހަ ސުލްހައޭ ކިޔަނިކޮށް އިޒްރޭލުން ފަލަސްޠީނު ބިމުގައި އިތުރު ގެތައް އަޅަން ފަށައިފި
އެމެރިކާގެ ރައީސް ޓްރަމް ކިޔަނީ ޞުލްހަ ޞުލްހައެވެ. މި އަޑުތައް އިއްވަ އިއްވަ ހުއްޓާ އިޒްރޭލުން މިއަދު ވަނީ ފަލަސްޠީނުގެ ބިމުގައި އިތުރުގެތައް އަޅަން ފަށައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއަދު އިމާރާތްކުރަން ފެށި ސަރަހައްދުގައި އިޒްރޭލް ސަރުކާރުން ހުއްދަދީގެން ޔަހޫދީން ވަޒަންވެރިކުރުވަން ގެތައް ނާޅާތާ 25 އަހަރުވެއްޖެއެވެ. ނަމަވެސް އެކި ނަންނަމުގައި އެކި ޖަމާއަތްތަކުން ވަނީ މީގެ ކުރިންވެސް ގެތައް އަޅައިފައެވެ.

މިއަދު ފެށި މަސައްކަތްތައް ފަށާފައިވަނީ ސީދާ ބޮޑުވަޒީރު ނަތަޔާންހޫގެ އަމުރަށެވެ. ނަތަޔާންހޫ އަމުރު ނެރުނުތާ ކުޑައިރުކޮޅެއްގެތެރޭގައި ބުލްޑޯޒަރުތައް ވަނީ ސަރަހައްދުގައި މަސައްކަތްތައް ފަށައިފައެވެ.

ޓްރަމްޕަށް ވިކިފައި ތިބި އަރަބި ޤައުމުތަން ޚަބަރު ގެނެސްފައިވަނީ ޢާންމު ޚަބަރެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ.

ޔަހޫދީ ސިފައިން މިއަދުވެސް ވަނީ ފަލަސްޠީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފައެވެ. ޢާންމު އުޞޫލުން މިއަދުވެސް ބުނީ އޭނާ ޝަހީދުކުރީ ވަޅިން ހަމަލާ ދޭން އުޅުމުން ކަމަށެވެ.
މިއަދު އޮންލައިން