ދުބާއީގެ ރަން ފިހާރަތަކަކުން ވައްކަންކުރީ ވައްކަންކުރަން ފަސޭހަކަމުން ކަމަށް ބީރު މަންމަނަކު ބުނެފިއެވެ.
އަލްޖީރިއާ އިން ޗުއްޓީއަކަށް އައިސްހުރި އުމުރުން 35 އަހަރުގެ އަންހެން މީހާ ކޯޓުގައި ބުނީ 2 ދުވަސްތެރޭ 6 ފިހާރައިން ވައްކަންކުރި ކަމަށެވެ. ކޮންމެ ފިހާރައަކަށް ވެސް ވަނުމަށްފަހު ބޭނުން އެއްޗެއް ނަގައި ޖީބަށް ލައިގެން ނުކުމެގެންދަނީ ކަމަށެވެ.
އޭނާ ބުނީ އޭނާގެ ޢާއިލާއަކީ ފަނޑިޔާރުންގެ ޢާއިލާއެއް ކަމަށާއި އޭނާއަކީ ވަގެއް ނޫން ކަމަށެވެ. ނަމަވެސް ހިފައިގެންދެވޭލެއް ފަސޭހަކަމުން ގެންދެވުނީ ކަމަށެވެ.
އޭނާ ބުނީ މިއީ ޤައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރު ކަމަށާއި ދަތުރެއްގެ ފުރުޞަތު ލިބުނީ އިތިއޯޕިއާގައި މަސައްކަތްކުރާ ފިރިމީހާ ޤައުމަށް އައިސް އެކަނި ދަތުރެއްކޮށްލުމުގެ ފުރުޞަތު ދިނުމުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެހައި ބޮޑު އަދަބެއް ނުދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.