ސަޢޫދީ ޢަރަބިއްޔާގެ އާވަލީއަޙުދުގެ މަޤާމަށް ހިޒް ރޯޔަލް ހައިނެސް މުޙައްމަދު ބިން ސަލްމާން ބިންޢަބްދުލްޢަޒީޒް އާލް-ސަޢުދު ޢައްޔަނު ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށްރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައިސަޢޫދީޢަރަބިއްޔާގެ އާ ވަލީއަޙުދުގެ ދައުރުގައި ސަޢޫދީ ޢަރަބިއްޔާއަށާއި އެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ތަރައްޤީ ލިބޭނަކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ވިޔަފާރީގެގަދަބާރެއްގެ ގޮތުގައާއި އިސްލާމީ އުއްމަތް އެއްބައިވަންތަކޮށް ހަރުދަނާކުރުމުގައާއި ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގައިއެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާފާހަގަ ކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށްވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއިރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވައި، ރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ކުރިއަށް އޮތްއަހަރުތަކުގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.