ތަދުވާތަން ދައްކަން އައުރަހާމަވާ ފޮޓޯއެއް ފޮނުވުމުން ބްލެކްމޭލްކޮށް ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ތަދުވާތަން ދައްކަން އައުރަހާމަވާ ފޮޓޯއެއް ފޮނުވުމުން ބްލެކްމޭލްކޮށް ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި
މީހުންގެ ފޮޓޯ ބަލައި އޮންލައިންކޮށް ފަރުވާކުރާކަމަށް ބުނާ މީހަކަށް ތަދުވާތަން ދައްކަން އައުރަހާމަވާ ފޮޓޯއެއް ފޮނުވި އަންހެނަކު ބްލެކްމޭލްކޮށް ފައިސާ އަތުލަން އުޅުނު މީޙަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ދުބާއީގެ އަންހެން މީހާ ބުނީ އެއީ ޑޮކްޓަރުންނަށް ފަސޭހަނުކުރެވޭ ވަރަށް ގިނަ ބަލިތަކަށް ފަރުވާކުރާ މީހެއްކަމަށް ބުނުމުން އެމިހާއަށް ފޯނުކުރީ ކަމަށެވެ. އަދި ފަރުވާގެ އަގަށް 10،000 ދިރުހަމް ދޭން ބުނުމުން އެ ފައިސާ ވެސް ދިން ކަމަށެވެ.

އޭނާ ބުނީ އެއިގެ ފަހުން ތަދުވާތަން ފެންނަ އައުރަހާމަވާ ފޮޓޯއެއް ފޮނުވަން ބުނުމުން ފޮޓޯ ފޮނުވިކަމަށާއި އެހިސާބުން އިތުރު 6،000 ދިރުހަމަށް އެދުނު ކަމަށެވެ. "ދެން ވިސްނުނީ މިހެދުނީ ގޯހެއްކަން. އިތުރު ފައިސާ ނުލިބޭނެ ކަމަށް ބުނުމުން އޭނާ ބުނީ ފޮޓޯ ޢާންމުކޮށް ފަޟީޙަތް ކުރާނެ ކަމަށް. އެހެންވެ ފުލުހުންނަށް ހުށަހެޅީ."

ފުލުހުންގެ ސައިބަރކްރައިމް ޔުނިޓުން އެމިހާ އަތުލައިގަނެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ މައްސަލަ ބަލަމުންނެވެ.

މިބާވަތުގެ ކަންކަމަކީ މިހާރަކަށް އައިސް ހުރިހާ ޤައުމުތަކެއްގައިވެސް ވަރަށް ޢާންމު ކަންކަމަށްވުމުން އިތުރަށް ސަމާލުކަން ދިނުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން