ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދިރިއުޅުއްވެވި ތަންތަނަށް ގަނޑުވަރުކޮޅު އަޅުގަނޑުމެން ކިޔަނީ އެތަންތަން ބިނާކުރެވިފައިވާ ފުރިހަމަކަމުގެ ބޮޑުކަމަކުން ނޫނެވެ. މާރބްލް ޖަހައި ޒީނަތްތެރިކޮށްފައި ހުރެގެންނެއްވެސް ނޫނެވެ. ހަމަ އެކަނި ހިތުގައިވާ ލޯތްބަކުންނެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދިރިއުޅުއްވެވި ތަންތަނަކީ ވަރަށް އާދައިގެ ޖިފުޓިތަކެކެވެ. މަގުމައްޗަށް އެތެރެ ފެންނަ ހާލަތުގައި ހުރި ތަންތަނެވެ. އިތުރު އެކަލޭގެފާނު އެތަންތަން ބޭނުންފުޅުކުރެއްވީ ބައު ފޮތި ފަދަ ތަކެތިން ލޯވަޅުތައް ބަންދުކުރައްވައިގެންނެވެ.
މިފަދަ ހާލަތުގައި ހުންނަ ތަންތަން ބެލެހެއްޓުމަށްޓަކައި މީހަކު ކުރަންޖެހޭނެ މަސައްކަތްތައް ވިސްނައިލުން ރަނގަޅުވާނެ އެވެ. ކޮންމެ ދުވަހަކުވެސް އެފަދަ މަރާމާތުތައް ނުކޮށް ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ގެންދެވީ އެމަސައްކަތްޕުޅުތައް އަމިއްލަފުޅަށް ކުރައްވަވަމުންނެވެ.
އިތުރު މާތް ނަބިއްޔާއަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ އިސްވެރިޔާއެވެ. 7 އުޑުމަތިން ވަޙީ ބާއްވަވައިލެވެމުން އައި މަތިވެރި ނަބިއްޔާއެވެ. އަދި ވެރިކަމުގެ ނިޒާމު އެއިރު އޮތްގޮތުން ފަނޑިޔާރަކީވެސް ހަމަ އެ މާތް ނަބިއްޔާއެވެ. އަބަދު ގެންދެވީ ރައްޔިތުންގެ މަޖިލިސް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ހަމަ އެމާތް ނަބިއްޔާއެވެ.
މިއަދު އަޅުގަނޑުމެން ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރަމުއެވެ. ވަޒީފާ ގިނަކަމުންނާއި މަސްއޫލިއްޔަތު ބޮޑުކަމުންނެވެ. ލިބޭ މުސާރައިން ބައެއް ބަންގާޅީންނަށް ދީފައި ބިޒީވެގްން މިތިބޭއިރު އިތުރު މާތް ނަބިއްޔާއާއި ގާތަކަށްވެސް އަޅުގަނޑުމެންނަށް ބިޒީވެވިދާނެހެއްޔެވެ؟ މިއީ ހަމަ އަމިއްލަ ނަފުސާއި ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ.
މިމައްސަލަތަކަށް ފުންކޮށް ވިސްނައިފިނަމަ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތީޞާދީ މައްސަލަތަކުގެ އިތުރުން ސީދާ އާއިލާތަކާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ހައްލުކުރެވިގެންދާނެއެވެ.