ސައުދިއަރަބިޔާގެ ވަލީއަހުދުކަމަށް ސަލްމާން ރަސްގެފާނު، ދަރިކަލުން މުޙައްމަދު ބިން ސަލްމާން އައްޔަނުކުރެއްވެވުމުން ކޮއްކޯފުޅު، ކުރީގެ ވަލީއަހުދު މުޙައްމަދު ބިން ނާއިފް، މުޙައްމަދު ބިން ސަލްމާނަށް ބައިތު ހިއްޕަވައިފިއެވެ.
ޙަރަމްފުޅުގައި ރޭ ކުރި ތަރާވީސް ނަމާދަށްފަހު ސަލްމާން ރަސްގެފާނު ވަނީ ދަރިކަލުން މުޙައްމަދު ބިން ސަލްމާނަށް ބައިތު ހިފުމަށް ސައުދިއަރަބިޔާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސައުދިއަރަބިޔާގައި ދެން ރަސްކަން ކުރައްވަވާނެ ބޭފުޅަކަށް މުޙައްމަދު ބިން ސަލްމާން ޢައްޔަނުކުރެއްވެވުމާއި ގުޅިގެން އެންމެ އިސް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ މުޙައްމަދު ބިން ސަލްމާނަށް ބައިތުހިއްޕަވަމުންނެވެ. އަދި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވެސް ގެންދަވަނީ ބައިތު ހިއްޕަވަމުންނެވެ.
ސައުދީ ސްޓޮކްމާކެޓްގެ އަގުތައް ވެސް ވެސް މިއަދު ވަނީ 5.5 އިންސައްތަ މަތިވެފައެވެ.