މިޞުރުން ޣާޒާއަށް ތެޔޮފޮދެއް ހަދިޔާކޮށްފިއެވެ. މިޞުރުން ބުނީ އަގު ހެޔޮޑީސަލުގެ 1 މިލިއަން ލިޓަރު ޣާޒާއަށް ހަދިޔާކުރާނެ ކަމަށާއި ހަދިޔާކުރަން މިއަދު ފަށައިފި ކަމަށެވެ.
ޣާޒާގެ އިންޖިނުގެތައް ހިންގަން ބޭނުންވާ ތެޔޮ ނުލިބިގެން މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އިންޖީނުގެތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއިގެ ކުރިންވެސް ކަރަންޓު ދެމުން އައީ ދުވާލަކު އެންމެ 4 ގަޑިއެއްހާއިރު އެވެ.
ޣާޒާގެ ވެރިކަން 2007 ވަނަ އަހަރު ހަމާސްއަށް ލިބުމާއި ގުޅިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަނީ ޣާޒާ ހިސޯރުކޮށްފައެވެ. އެއްވެސް އެހީއެއްވެސް ނުލިބޭނެ ގޮތަށެވެ. ފަލަސްޠީނު ސަރުކާރުން ވެސް ޣާޒާއަށް އެހީގެ ގޮތުގައި ދެނީ ވަރަށް މަދު މިންވަރެކެވެ.