އުމުރުން 22 އަހަރުގެ ހުސްނާ ބޭގަމް އާއި 26 އަހަރުގެ ހަނީފް އަދި 29 އަހަރުގެ ޙާމިދަކީ ބަންގްލަދޭޝްއަށް ނިޞްބަތްވާ އުމުރުން 82 އަހަރުގެ ކަމްރު މިއާ އާއި ރާނިޔާ ބޭގަމްގެ 3 ދަރިންނެވެ.
ޢާއިލާއިން ދިން ބަޔާންތަކުން އެނގޭ ގޮތުގައި 3 ބެއިން ސަލާމަތްވާން ބޭނުން ނަމަ އެދެމަފިރިން ފްލެޓްތެރެއަށް ދޫކޮށްލުމަށްފަހު ނުކުމެ ސަލާމާތްވާން 1 ގަޑިއިރު ލިބުނެވެ. ނަމަވެސް 3 ބެއިން އެމީހުންގެ ޢާއިލާގެ މީހުންނަށް ގުޅައި ބުނަމުން ގެންދިއައީ އާއިލާގެ މީހުން ގުޅުމުންވެސް ބުނަމުން ގެންދިއައީ މަންމަ އާއި ބައްޕަ އަނދަން ދޫކޮށްލާފައި ސަލާމަތްވާން ބޭނުން ނުވާ ކަމަށެވެ.
3 ދަރިންގެ ހިތުގައި މަންމައާއި ބައްޕައަށް އޮތް ލޯބީގެ ބޮޑުކަމުން މަންމަ އާއި ބައްޕަ އަނދަން އެކަނި ދޫކޮށްނުލީއެވެ.
މިފަދަ ހާލަތުގައި އަމަލުކުރާނެ ގޮތަކާއިމެދު އައްޝައިޚް އާދަމް ޝަމީމް ވިދާޅުވީ މިހާދިިސާއަށް ބައްލަވާއިރު މަންމަ އާއި ބައްޕަ ސަލާމަތްކުރަން ކުރެވެން އޮތް މަސައްކަތެއް އެންމެ ފަހު ވަގުތާއި ހަމައަށް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ސަލާމަތް ނުކުރެވޭނެކަން ޔަޤީންވުމުން އޮންނާނީ އަވަަހަށް ނަފުސު ސަލާމަތްކުރުން ކަމަށެވެ.
"މަންމަ އައި ބައްޕަ އާއިއެކު 3 ދަރިން އަނދައިގެން ދިއުމުން މަންމަ އާއި ބައްޕައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް. ނަމަވެސް 3 ދަރިން ދުނިޔޭގައި ތިބެ މައިން ބަފައިންނަށް ހެޔޮ ދުޢާކޮށް ހެޔޮ އަމަލުތައް ކުރިނަމަ އެކަމުން މަންމަ އާއި ބައްޕައަށް ދާނީ ފައިދާކުރަމުން." ކަން ޝައިޚް އާދަމް ޝަމީމް ފާހަގަކުރެއްވެވިއެވެ.
ޝައިޚް އާދަމް ޝަމީމް ވިދާޅުވީ މިހާދިސާ ފަދަ ހާދިސާތައް ކުރިމަތިވުމުން ދަރިންނަށް ކުރާ އިޙްސާސްތައް ވަރަށް ތަފާތުވާނެ ކަމަށެވެ.
އެހެންކަމުން ވިސްނޭނެ ގޮތް ވެސް ތަފާތުވާނެ ކަމަށެވެ. މުހިންމީ އެންމެ "އިމޯޝަނަލް" ނުވަތަ ހައްސާސް ވަގުތުތަކުގައިވެސް ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން މަސައްކަތްކުރުން ކަމަށެވެ.