އޭބީއެސް ވަގުތު ޗެލެންޖުގެ ގުރުއަތުލުން މިރޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އޭބީއެސް ވަގުތު ޗެލެންޖުގެ ގުރުއަތުލުން މިރޭ
އައްޑޫސިޓީގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓުސަލް މުބާރާތުގެ ގުރުއަތުލުން މިރޭ އޮންނާނެއެވެ.

ވަގުތުން ނޫހުން އިންތިޒާމް ކޮށްގެން ފިތުރުއީދު ދުވަހު ފަށާ "މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް" ގެ ގުރުއަތުލުން އޮންނާނީ ހިތަދޫ ޒުވާނުންގެ މަރުކަޒުގައި މިރޭ 21:30 ގައެވެ.

އައްޑޫސިޓީއަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި ޖުމްލަ 16 ޓީމުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ގިނައީ ހިތަދޫ ޓީމުތަކެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަނިކު ފުޓުބޯޅަ ދަނޑު ގައެވެ.

މިމުބާރާތުގެ ޗެމްޕިއަނުންނަށް އެއްލައްކަ ރުފިޔާވަނީ ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ލިބެނީ ތިރީސް ހާސް ރުފިޔާއެވެ. ކުޅިވަރުގެ ރޫހާ އެއްގޮތަށް އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް ދިހަހާސް ރުފިޔާގެ އިނާމެއްވެސް ވަނީ ކަނޑައަޅައިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށި ކޯޕަރޭޝަނެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ އެކްސްޓްރީމާއި، ވިލާ ކޮލެޖާއި، ކޮންޓްރޯލްޕީ އެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.
މިއަދު އޮންލައިން