ރަމަޟާން މަހަކީ އެމީހަކު ބޭނުންވަރެއް ހާޞިލުކުރަންއޮތް ސަވާބު "ފުންޏެއް."- ޝައިޚް އިބްރާހީމް ރަޝީދު މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރަމަޟާން މަހަކީ އެމީހަކު ބޭނުންވަރެއް ހާޞިލުކުރަންއޮތް ސަވާބު "ފުންޏެއް."- ޝައިޚް އިބްރާހީމް ރަޝީދު މޫސާ
ބަރަކާތްތެރި ރަމަޟާން މަހަކީ އެމީހަކު ބޭނުންވާ މިންވަރަކަށް ސަވާބު ހާޞިލުކުރަން އޮތް ސަވާބު "ފުންޏެއް" ކަމަށް ކީރިތި ޤްރްއާނާއިބެހޭ މަރުކަޒުގެ ރައީސް އައްޝައިޚް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވެއްޖެއެވެ.

ޝައިޚް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މާތް ﷲ ލައިލަތުލްޤަދްރް ވިލެރޭ އިޙްތިފާލް ކުރައްވަވަނީ އެރެއަކީ ކީރިތި ޤްރްއާން ބާވައިލެއްވެވި ރޭ ކަމަށް ވުމުން ކަމަށެވެ. އަދި މަލާއިކަތްބޭކަލުންނާއި ޖިބްރީލްގެފާނު އެރޭ ބިމަށް ފައިބާ ވަޑައިގަންނަވަނީ އެ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އެރޭ އިޙްތިފާލްކުރުމުގައި ބައިވެރިވާން. ބައިވެރިވެވޭނީ ރަމަޟާންމަހުގެ ހުރިހާ ރެއެއްގައިވެސް އެކަންކޮށްގެން."

ޝައިޚް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އިނާމުލިބޭނެކަން އެނގުމުން އެސްއެމްއެސް ކުރާ ފަދައިން ލައިލަތުލްޤަދްރް ވިލޭރޭގައި ގިނަ ގުނަވަގެންވާ ސަވާބާއި ދަރުމަ ލިބޭނެކަން އެނގެން އޮތުމުން އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. "ހަމައެކަނި ސިއްރު ކުރައްވަވާފައިވަނީ ލައިލަތުލްޤަދްރް ވިލޭރެއެއް ނޫން. ހުކުރު ދުވަހު ވެސް އެބަވޭ ދުޢާ އިޖާބަކުރައްވަވާނެ ވަގުތުކޮޅެއް. އެވަގުތު ކޮޅުވެސް ނުއެނގޭ. އެހެންވީމާ ގަދައަޅައި މަސައްކަތްކުރަންމިޖެހެނީ އަަބަދުވެސް. މިފަދަ ފުރުޞަތުތައް މާތް މިންވަރު ކުރައްވަވަނީ އަޅުގަނޑުމެން އިޞްލާޙްވުމަށް. މާތް ﷲ ގެ ޙަޟްރަތަށް އެނބުރި ދިއުމަށް. އިންސާނުން ކަމަށް އަބަދުވެސް އޮންނާނީ ފާފަކުރެވިފަ. އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ގެ ހަޟްރަތަށް އެނބުރި ދިއުން. އެކަލާނގެ އީ ފާފަ ފުއްސަވައިދެއްވުމުގައި ދީލަތިވަންތަ ރަސްކަލާނގެ."

ޝައިޚް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ކައު އިތުރު ރަސޫލާ ހަދީޘްފުޅު ކުރައްވަވާފައިވަނީ ވަކި ރެއެއް އިޙްޔާކުރަން ނޫން ކަމަށާއި ރަމަޟާންމަހުގެ ހުރިހާ ރޭތައް އިޙްޔާކުރަން ކަމަށެވެ. "ޢިލްމްވެރިން ވިދާޅުވެފަ އެބަހުރި ޢިޝާ ނަމާދު ޖަމާއަތުގައި ކުރުމުން އެއީ ރޭގެ އެއްބައި އިޙްޔާ ކުރެވުނީ ކަމަށް. އަދި ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން އަނެއްބައި އިހްޔާ ކުރެވުނީ ކަމަށް. އެހެންވީމާ މުޅި ރޭ އިހްޔާ އެކުރެވުނީ."

ޝައިޚް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އަޅުގަނޑުމެންނަށް އޮތީ އެމީހަކަށް ވެވުނު ވަރަކުން ވީހައި ގިނަ އަޅުކަން ކުރުން ކަމަށާއި އެންމެ މުހިންމީ ނިޔަތް ސީދާކޮށް މާތްﷲ ހިންމަވައިދެއްވާނެކަން ޔަޤީންކޮށްގެން އަމަލުތައް ކުރުން ކަމަށެވެ.
މިއަދު އޮންލައިން