ސައުދިއަރަބިޔާގެ ވަލީއަހުދަކަށް މުޙައްމަދު ބިން ސަލްމާން އައްޔަނު ކުރައްވައި އެކަމަށްޓަކައި ބޭއްވި ފުރަތަމަ ރަސްމިއްޔާތުގައިވެސް ރަސްމީ ސަގާފީ އާދަތައް މުގުރުއްވައި އެންމެންގެ ލޯބި ހޯއްދަވައިފިއެވެ.
އާދަކާދައިގައި އޮންނަ ގޮތުން މިފަދަ ރަސްމީ އިޙްތިފާލްތަކުގައި ވަލީ އަހުދު ހުންނަވާނީ ރަސްމީ އިއްޒަތުގައި ހުއްޓިވަޑައިގެންނެވެ. އެހެން ހުރިހާ ބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ ވަލީއަހުދުއަރިއަހަށް ވަޑައިގެން ސަލާމް ކުރައްވާށެވެ.
މުޙައްމަދު ބިން ސަލްމާން ވަނީ މިއާދަ ދޫކޮށްލައްވައިފައެވެ. ޢާއިލާގެ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި އިސްވެރިންގެ އަރިހަށް ވަޑައިގެން ސަލާމް ކުރައްވައި އަދަބު އަދާކުރެއްވީ އެމަނިކުފާނެވެ.
މިރަސްމިއްޔާތު ބޭއްވީ ސަލްމާން ރަސްގެފާނު މިހާރު މައްކާގައި ހުންނަނަވާ ސަފާ ޕަލަސްގައެވެ.