ޔަމަނުގެ ކޮލެރާ ކޮންޓްރޯލްކުރަން ސައުދީ ވަލީއަހުދު 66.7 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ޔަމަނުގެ ކޮލެރާ ކޮންޓްރޯލްކުރަން ސައުދީ ވަލީއަހުދު 66.7 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވައިފި
ޔަމަނުގައި ފެތުރެމުން އަންނަ ކޮލެރާ ކޮންޓްރޯލްކޮށް މައްސަލަ ހައްލުކުރުމަށް އެހީއެއްގެ ގޮތުން 66.7 މިލިއަން ޑޮލަރުގެ ދީލަތި އެހީފުޅެއް ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ދެއްވައިފިއެވެ.

ވަލީ އަހުދު މި އެހީފުޅު ދެއްވެވީ ޑަބްލިޔޫއެޗްއޯ އިން ޔަމަނުގެ ހާލަތު ދިރާސާކޮށް ހުށަހެޅި ރިޕޯޓަކާއި ގުޅިގެންނެވެ އެހީ ހަވާލުކުރެއްވީ ވެސް ޑަބްލިޔޫއެޗްއޯ އާއިއެވެ.

ސައުދީ ރިޔާސީ ގަނޑުވަރުން ބުނެފައިވަނީ ޔަމަނުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެކުވެރި ޖަމާއަތްތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކިންގ ސަލްމާން ރިލީފް ފަންޑުން އިތުރު އެހީފުޅުތައްވެސް ދެއްވަމުން ގެންދވާނެ ކަމަށެވެ.
މިއަދު އޮންލައިން