އައިއެސްގެ ލީޑަރު އަބޫބަކުރު ބަޣްދާދީ މަރާލެވިފައިވާކަން މިހާރު 100 އިންސައްތަ ޔަޤީން ކުރެވޭކަމަށް ރަސިއާ އިން ބުނެފިއެވެ.
ރަސިއާގެ ޕާލަމެންޓުގައި މައުލޫމާތުދެމުން ސަރުކާރުން ބުނީ ބަޣްދާދީ ދިރިހުއްޓައި އަލުން ފެނުމަކީ އެކަށީގެންވާ ކަމެއްނަމަ ޑިފެންސް މިނިސްޓްރީން އޭނާ މަރާލެވިއްޖެ ކަމަށް ނުބުނާނެ ކަމަށެވެ.
ސަރުކާރުން ބުނީ ބަޣްދާދީ މަރު ނުވާނަމަ އައިއެސްއިން ހިމޭނުން ނުތިބޭނެ ކަމަށާއި އޭނާ ދިރިހުރިކަން މިހާރު ސާބިތުކޮށްފާނެ ކަމަށެވެ. ބަޣްދާދީ މަރުވެއްޖެ ކަމުގެ ޚަބަރަކީ ވަރަށް ގިނަ ފަހަރު ފަތުރާފައިވާ ޚަބަރެކެވެ.