ސަލާމް ކުރުމުގެ އަދަބު

ކިޔުމަށް ހޭދަވާނީ 43ސ
ސަލާމް ކުރުމުގެ އަދަބު
ރިވެތި އަދަބެއް ސަލާމް ކުރުމީ މިކަން ކުރުމަށް ސަމާލުވަމާ
............................. ރިވެތި މީ އާދައެއް ދީނުގެ މިކަން ދެމެހެއްޓުމަށް އުޅެމާ
ގަދަރު މީހާގެ އުފުލޭނޭ ބަދަލުގައި ލޯބި ލިބިދާނޭ
............................. އަދަބުގައި ރިވެތި ހިފަހައްޓަން ވަރަށް ވިސްނާ އުޅެން ފަށަމާ
ސަލާމަށް ދިއްކުރާ އަތުގައި ހިފާ ހިތްހެޔޮ ކަމާއެކުގައި
............................. ސަލާމް ކޮށްލުން އެއީ އުފަލެއްކަމަށް ދެކެމުން އެކަން ކުރަމާ
ތަފާތު މުނާސަބާ ތަކުގައި ގުޅުން އާލާކުރަން ވިސްނާ
............................. ތަފާތު އެކަކު ނުކޮށް އަނެކާ ސަލާމްކޮށް ގުޅި އެކީ އުޅެމާ
ފަރަގު ނުކުރަން މޮޅަސް ދެރަޔަސް ބަލާށޭ ދިރިއުޅޭ އުޅުމުން
............................. ވަރަށް ލޯބިން ހިތުން ހެޔޮކޮށް ކަމޭހިތަމުން ސަލާމް ކުރަމާ
އުޅޭ މާހައުލަކުން ދަސްކޮށް އުޅެންވީ ރީތިހާ ގޮތްތައް
............................. އުޅޭއިރު އަނެކުނަށް ދަސްކޮށްދެމުން ރަނަގަޅަށް އުޅެން ފަށަމާ
ފެނޭ ނުރަނގަޅު ކަމަށް ނުބަލާ ފެނޭ ކަންތައް ރަނގަޅު ބަލަމުން
............................. ފެނޭ ސީދާމަގުން ހިނގަމުން ރިވެތި އަޚްލާގު ދަސްކުރަމާ
މިއަދު އޮންލައިން