ޖާނުން ފިދާވެގެން ހަރަމްފުޅަށް ގެއްލުން ދޭން އުޅުނު 3 ޖަމާއަތެއް އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޖާނުން ފިދާވެގެން ހަރަމްފުޅަށް ގެއްލުން ދޭން އުޅުނު 3 ޖަމާއަތެއް އަތުލައިގެންފި
ޖާނުން ފިދާވެގެން މައްކާގެ ޙަރަމްފުޅަށް ގެއްލުން ދޭން އުޅުނު 3 ޖަމާއަތެއް އަތުލައިގެންފިއެވެ. މި ހާދިސާތައް ހިގާފައިވަނީ މިރޭގެ ތަރާވީސް ނަމާދަށް ތިއްބައެވެ. ނަމާދަށް ތިބި މީހުންނަށް އެކަމުގެ އަސަރުކޮށްފައެއް ނުވެއެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު އަލްތުރުކީ ވިދާޅުވީ މި ހަމަލާ ދޭން މަސައްކަތްކުރީ މައްކާ ތެރޭގައި ހަރަކާތްތެރިވި 2 ޖަމާއަތަކުންނާއި ޖިއްދާގައި ހަރަކާތްތެރިވި ޖަމާއަތަކުން ކަމަށެވެ. "އެމީހުން މަސައްކަތްކުރީ ހަރަމްފުޅުގައި އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށްގެން."

ފުރަތަމަ ޖަމާއަތް ފެއިލްކޮށްލީ މައްކާގެ އައްސިލަ ޑިސްޓްރިކްޓްގައެވެ. ދެވަނަ ޖަމާއަތް ފެއިލްކޮށްލީ މައްކާގެ އަޖްޔަދް އަލް މަސާފީ ސަރަހައްދުގައެވެ.

ގައިގައި ބޮން ހަރުކޮށްގެން އަޖްޔަދުގެ ގެއެއްގައި ފިލައި ހުރި މީހަކާ ސަލާމަތީ ބާރުތަކުން ކުރިމަތިލުމުން އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ. ސަލާމަތް ނުވެވޭނެކަން އެނގުމުން ހަށިގަނޑު އަމިއްލައަށް ގޮއްވައިލީއެވެ.

މިހާދިސާގައި އާންމުންގެ 6 މީހުންނަށާއި ސަލާމަތީ ބާރުތަކުގެ 5 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

މި ހަމަލާ އާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފައިވާއިރު އެއިގެ ތެރެއިން އެކަކީ އަންހެނެކެވެ.
މިއަދު އޮންލައިން