ވެޓްރަންސް ކަޕް ފައިނަލަށް ނިއު އާއި މާޒިޔާ ތާރީޚީ މޮޅަކަށް ނުކުންނަނީ..

ކިޔުމަށް ހޭދަވާނީ 43ސ
ވެޓްރަންސް ކަޕް ފައިނަލަށް ނިއު އާއި މާޒިޔާ ތާރީޚީ މޮޅަކަށް ނުކުންނަނީ..
މިހާރު ކުރިއަށްދާ ވެޓަރަންސް ކަޕްގެ ފައިނަލް މެޗު މިއަދު ކުޅޭނެއެވެ.

މި މެޗަށް ނިއުރޭޑިއަންޓާއި މާޒިޔާ ނުކުންނަ އިރު، މިއިން ކޮންމެ ޓީމެއް ތަށި ހޯދިޔަސް ތާރީކުގެ ތެރެއަށް އެޓީމެއް ވަންނާނެއެވެ.

އެއީ ނިއު ރޭޑިއަންޓު މި މެޗަށް ނުކުންނަނީ ފައިބެއަހަރުގެ ޗެމްޕިއަންގެ ޙައިޘިއްޔަތުން ތަށި ދިފާޢު ކުރާށެވެ. އަދި މާޒިޔާއިން މިއީ މި މުބާރާތުގެ ފައިނަލް ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާތީ އެޓީމަށް ތަށި ލިބިއްޖެނަމަ، ފުރަތަމަ ފަހަރަށް ވެޓްރަންސް ކަޕްގެ ތަށު އުފުލާލުމުގެ ޝަރަފް ލިބޭނެއެވެ.

ޓަރފް އެއްނަމްބަރު ދަނޑުގައި މިއަދު ހަވީރު 16:15 ގައި މި ދެޓީމު ތާރީޚުން ޖާގަ ހޯދުމަށް ނުކުންނަ އިރު، މާޒިޔާ އަދި ނިއު މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ އެ ދެ ޓީމް ހިމެނުނު ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.


މިއަދު އޮންލައިން