ހަރަމްފުޅަށް ހަމަލާދޭން އުޅެނިކޮށް ޖިއްދާއިން އަތުލައިގަތީ ފަތުރުވެރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހަރަމްފުޅަށް ހަމަލާދޭން އުޅެނިކޮށް ޖިއްދާއިން އަތުލައިގަތީ ފަތުރުވެރިއެއް!
މައްކާގެ ހަރަމްފުޅަށް ހަމަލާދޭން ރޭގައި ކުރި މަސައްތާއި ގުޅިގެން ޖިއްދާއިން އަތުލައިގެންފައިވަނީ ބޭރު ޤައުމަކުން ގޮސްހުރި ފަތުރުވެރިއެއް ކަމަށް ސައުދީ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

އޭނާ އާއިމެދު ލިބުނު އިންޓެލިޖެންސް ރިޕޯޓަކަށް ބަލައި އޭނާއަށް ފާރަލަމުން ގޮސް އަތުލައިގެންފައިވަނީ ގޭސް ސްޓޭޝަނެއްގެ ކައިރިންނެވެ. އޭނާ ދިރިއުޅެމުންއައި ގެ ބަލައި ފަސްކުރުމުން ހަތިޔާރާއި ވަޒަން އަދި ގޮވާތަކެތި ވަނީ ފެނިފައެވެ.

މިހަމަލާ އާއި ގުޅިގެން މައްކާގެ 2 ސަރަހައްދަކުން ވަނީ 4 ފިރިހެނުންނާއި އަންހެނަކު އަތުލައިގަނެވިފައެވެ. މިއިން އެއްވެސް މީހަކާއިބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން އެންމެފަހުން ބުނެފައިވަނީ ޖާނުންފިދާވި މީހާއަކީ ކާކުކަން ދެނެގަތުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި ހާދިސާއިން ލިބުނު ސާމްޕަލްތައް ބަލައި ތަޙްލީލްކުރަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން