އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރަން އެތައް ލައްކަ މުސްލިމުން ތިބީ ތައްޔާރަށް: ނަޞްރުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރަން އެތައް ލައްކަ މުސްލިމުން ތިބީ ތައްޔާރަށް: ނަޞްރުﷲ
އިޒްރޭލާއި ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވެގެން ތިބި އެތައް ލައްކަ ބައަކު ދުނިޔޭގެ ކަންކޮޅުތަކުގައި އެބަތިބި ކަމަށް ލެބަނަންގެ ހިޒްބުﷲ ޖަމާއަތުގެ ސެކެޓްރީ ޖެނެރަލް ނަޞްރުﷲ ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ސިރިޔާގެ މައްސަލައިގެ ތެރެއަށް ވަންނަމުންދާތީ އެކަން ކުށްވެރި ކުރައްވައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން ޝައިޚް ނަޞްރުﷲ ވިދާޅުވީ ސިރިޔާ އަށާއި ލެބަނަނަށް އިޒްރޭލުން ހަމަލާދޭނަމަ އެކަމަށް ކުރިމަތިލާނީ ހަމަ އެކަނި އެ ދެ ޤައުމުން ނޫންކަމާއި ދުނިޔޭގެ ގިނަ ޤައުމުތަކަކުން އިޒްރޭލާއި ދެކޮޅަށް ކުރިމަތިލާނެކަން އިޒްރޭލަށް އެނގެންޖެހޭނެ ކަމަށެވެ.

ނަޞްރުﷲ ވިދާޅުވީ މަތި އޮމާންކޮށްގެން އަޑި ކުނިކޮށްގެން އޮންނަ އެމެރިކާއިން ވާގިލިބިގެން ހުރިހާ ކަމެއް ބޭނުންހައި ގޮތަކަށް ކުރެވިދާނެކަމަށް އިޒްރޭލުން ޤަބޫލުކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމަށެވެެ.

ނަޞްރުﷲ ވިދާޅުވީ އެމެރިކާ އާއި ގުޅިގެން އިޒްރޭލުގެ ބާރު ގަދަކޮށް ފަލަސްޠީނު ނައްތާލުމަށް އިޒްރޭލުން ކުރާ މަސައްކަތްތައް ބަލައި ނުގަނެވޭނެ ކަމަށާއި ވަގުތު ޖެހުމުން އެކަން އިޒްރޭލަށް އެނގޭނެ ކަމަށެވެ.
މިއަދު އޮންލައިން