ޓެރަރިޒަމަކީ މިޒަމާން ހަލާކުކުރާ ހަތުރު: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޓެރަރިޒަމަކީ މިޒަމާން ހަލާކުކުރާ ހަތުރު: ސަލްމާން ރަސްގެފާނު
ޓެރަރިޒަމަކީ މިޒަމާން ހަލާކުކުރާ އެންމެ ބޮޑު ހަތުރު ނުވަތަ ކުރިމަތިވެފައިވާ "ފަނާކުރަނިވި މުޞީބާތް" ކަމަށް ސައުދީ ރަސްގެފާނެ ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ޢީދު ދުވަހާއި ގުޅުއްވައިގެން އިއްޔެ ސައުދީ ހޯމް މިނިސްޓަރު މެދުވެރިކުރައްވައި ދެއްވި ޚިޠާބުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ޓެރަރިޒަމްގެ ސަބަބުން މުޅި ދުނިޔެ މިދަނީ ފަސާދަވަމުން ކަމަށާއި އިސްލާމީ އުންމަތުގެ އިތުރުން މުޅި ދުނިޔެއިން ޓަރަރިޒަމް ނައްތާލަން ސައުދިއަރަބިޔާއިން މަސައްކަތްކުރާނެ ކަމަށެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ މައްކާއަށާއި މަދީނާގެ ހަރަމްފުޅަށް ޒިޔާރަތްކުރާ މާތްﷲގެ މެހްމާނުންނަށް ޚިދުމަތް ކުރުމުގައި ސައުދިއަރަބިޔާއިން ފަހަތަށް ނުޖެހޭނެ ކަމަށާއި ވީހައި ފުރިހަަމަ ޚިދުމަތްތަކާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ސަލްމާން ރަސްގެފާނު ވަނީ މުޅި އިސްލާމީ އުންމަތަށް ތަހުނިޔާ ވިދާޅުވެ ހެޔޮ ދުޢާ ކުރައްވައިފައެވެ.

މިއަދު އޮންލައިން