މިއަހަރުގެ މިހއިތަނަށް 7.5 މިލިއަން މީހުން އުމުރާވެއްޖެ ކަމަށާއި މިދިއަ އަަހަރުގެ މިހައިތަނަށް އުމުރާވި މީހުންގެ އަދަދަކީ 6.39 ކަމަށްވުމުން މިއީ 1.11 މިލިއަން މީހުން އިތުރު އަދަދެއް ކަމަށް ސައުދީ ހައްޖު މިނިސްޓްރީން ބުނެފިއެވެ.
ޙައްޖު މިނިސްޓްރީން ބުނެފައިވަނީ ޤައުމުތަކަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާއި އަދި އެހެން މައްސަލަތަކާއިއެކުވެސް މިވަރުގެ އަދަދެއް އިތުރުވުމަކީ ބޮދު ކުރިއެރުމެއް ކަމަށެވެ،
ހައްޖު މިނިސްޓްރީން ބުނީ މިއަހަރުގެ އުމުރާ މޫސުމުގައި ފަސްތަރި ހޮޓާތަކުގެ އަގު 113 އިންސައްތަ އުފުލުނު ކަމަށާއި 4 ތަރި ހޮޓާތަކުގެ އަގު 72 އިންސައްތަ އުފުލުނު ކަމަށެވެ.
މިއަހަރަށް ބަލާއިރު އެންމެ ގިނަ ބައަކު އުމުރާއަށް ގޮސްފައިވަނީ ޕާކިސްތާނުންނެވެ. ޕާކިސްތާނުން ވަނީ 1.4 މިލިއަނަށްވުރެ ގިނަ މީހުން އުމުރާވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އުމުރާވެފައިވަނީ އިންޑޮނޭސިއާއިންނެވެ. 3 ވަނައަށް ބަންގްލަދޭޝް އިންނެވެ.
މި ޤައުމުތަކުގެ ރައްޔިތުންނަށް ވަރަށް ހެޔޮ އަގުތަކުގައި އުމުރާ ވެވޭނެ އިންތިޒާމު ވަނީ އެ ޤައުމުތަކުން ހަމަޖައްސައިފައެވެ.