ޢީދު ދުވަހު އެއްމާބަނޑު ދެކުދިން ވިހެއުމުން ގިނަ ހަދިޔާތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޢީދު ދުވަހު އެއްމާބަނޑު ދެކުދިން ވިހެއުމުން ގިނަ ހަދިޔާތަކެއް!
އަބޫދާބީގެ ހޮސްޕިޓަލެއްގައި އަންހެނަކު ޢީދު ދުވަހު އެއްމާބަނޑު ދެ ކުދިން ވިހެއުމާއި ގުޅިގެން ގިނަ ބައަކު އަގު ބޮޑު ހަދިޔާތަކެއް ދީފިއެވެ.

ދެ ކުދިންގެ ބައްޕަ ހުމައިދު ބުނީ ޑޮކްޓަރުން އެނާގެ އަނބިމީހާ ވިހާނެ ކަމަށް ބުނެފައިވަނީ މީގެ 2 ހަފްތާ ފަހުން ކަމަށެވެ. ނަމަވެސް ބަނޑަށް އުނދަގޫތަކެއްވާތީ މިއަދު ހެނދުނު ހޮސްޕިޓަލަށް ގެންދިއަތަނާ ވިހެއީ ކަމަށެވެ.



ހުމައިދު ބުނީ އޭނާއަށް ދެ އުފާ ލިބިއްޖެ ކަމަށެވެ. އެއީ ބަރުދަނުގައި ދެ ކިލޯ ހުރި ދެ ދަރިން ސަލާމަތް ޞިއްހަތުގައި ލިބުމާއި ޢީދު ދުވަހު ދެ ކުދިން އުފަންވިކަމުގެ އުފާ ކަމަށެވެ.

ހުމައިދު ބުނީ އެއްވެސް ބައަކު އޭނާގެ ކުދިންނަށް ހަދިޔާ ދޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް ގިނަ ބައަކު އެކިވަރުގެ ހަދިޔާތައް ދިނުމުން ވަރަށް އުފާވި ކަމަށެވެ.
މިއަދު އޮންލައިން