ކެނެޑާގެ ސްނައިޕަރެއް 2.2 މޭލު ދުރުން ބަޑިޖަހާ އައިއެސްގެ މީހަކު މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ކެނެޑާގެ ސްނައިޕަރެއް 2.2 މޭލު ދުރުން ބަޑިޖަހާ އައިއެސްގެ މީހަކު މަރާލައިފި
އިރާޤްގައި މިހާރު ހަރަކާތްތެރިވަމުން ގެންދާ ކެނެޑާގެ ސްނައިޕަރުންގެ މީހަކު 2.2 މޭލު (3540 މީޓަރު) ދުރުން ބަޑިޖަހައި އައިއެސްގެ އިސް އޮފިސަރަކު މަރާލައިފިއެވެ.

މިހާދިސާ އާއި ގުޅޭ މާބޮޑު ތަފްޞީލެއް ހާމަކޮޢްފައެއް ނުވެއެވެ. ބުނާ ގޮތުން މިހަމަލާ ދީފައިވަނީ މިދިއަ މަހު މޯސުލްގައެވެ.

ސްނައިޕަރު މިހަމަލާ ދިނުމަށް ބޭނުންކުރީ އެމްސީމިލަން ރެކް-50ގެ ރައިފަލެކެވެ.

މިގޮތަށް ބަޑިޖެހުމުގެ މިހައިތަނަށް އޮތް ރެކޯޑް އޮތީ ޠާލިބާނު ހަނގުރާމައިގައި ބަޑިޖެހި އިނގިރޭސިއެއް ކަމަށްވާ ގްރެއިގް ހެމްސަންގެ އަތުގައެވެ. އޭނާ ބަޑިޖެހީ 1.5 މޭލު ދުރުންނެވެ.
މިއަދު އޮންލައިން