ޢީދު ފާހަގަ ކުރުމަށް މާޅޮހުގައި ޚާއްޞަ ވޮލީ މެޗުތަކެއް ކުޅެފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ޢީދު ފާހަގަ ކުރުމަށް މާޅޮހުގައި ޚާއްޞަ ވޮލީ މެޗުތަކެއް ކުޅެފި
މި އަހަރުގެ ފިޠުރު ޢީދު ފާހަގަ ކުރުމަށް ބ. މާޅޮހުގައި ވަރަށް ޚާއްޞަ ވޮލީ މެޗުތަކެއް ކުޅެފިއެވެ.

އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ 30 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމުރުގެ ޓީމަކާއި 30 އަހަރުން ދަށުގެ ޓީމެކެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ 30 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމުރުގެ ޓީމެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ޢުމުރުން ދުވަސްވީ މީހުންގެ މެދުގައި ކުޅުނު މެޗެކެވެ. މި މެޗުގައި މައިގަނޑު ގޮތެއްގައި ކުޅެފައިވަނީ 50 އަހަރުން މަތީގެ މީހުންނެވެ.

އެގޮތުން ޓީމު ހިތްވަރާއި ޓީމު ބުންވަރުގެ މެދުގައި ކުޅުނު މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ހިތްވަރު ޓީމެވެ.

މި މެޗަކީ ޢުމުރުން ދުވަސްވީ ރަށްވެހިން އެއްތަނަކަށް އެއްވެ، ހަރަކާތްތެރިވެ، އުޅުމުގެ ފުރުޞަތު ހޯދައިދީ ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި އެއްމެން އެކުވެރި މާޙައުލެއްގައި މަޖާކޮށްލުމުގެ މަޤުޞަދުގައި ކުޅުނު މެޗެކެވެ.

މި މެޗުތަކުގައި މާޅޮހުގައި ކުރިން ވޮލީ ކުޅެފައިވާ ހުނަރުވެރިވެރި ކުޅުންތެރިންކަމަށްވާ ޔޫސުފް ޢަބްދުއްރަޙްމާން އާއި ޢަލީ ނަޒީރާއި ޔޫސުފް ޙުސައިން އާއި ޙަސަން އިބްރާހިމް އާއި އިބްރާހިމް ޚަލީލް އަދި ޢަބްދުލްޤާދިރު ޔޫސުފް ފަދަ ކުޅުންތެރިންގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ.

ފޯރިފަދަ މި މެޗުތައް ބެލުމަށް މާޅޮހުގެ ގިނަ ބަޔަކު ވަނީ އެރަށު ވޮލީ ކޯޓަށް ޖަމާވެފައެވެ.

މިއަދު އޮންލައިން