އެެމެރިކާ އާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ޢީދު ނަމާދުކުރަން ނުކުތް މުސްލިމުންގެ އަދަދު ފެނިފައި އެމެރިކާގެ ރައީސް ޓްރަމްޕް ސިއްސައިގެން ހިނގައްޖެއެވެ.
އެމެރިކާގެ މިސްކިތްތައް އަންދައި އިމާމުންގެ ބޮލަށް ބަޑިޖަހައި އަދި ނަމާދަށްދާ ކުޑަކުދިންނަށް އަނިޔާކޮށް މަރަމުން ގެންދަނީ ހަމަ އެންމެ ބޭނުމަކުއެވެ. މުސްލިމުންނަށް ބިރު ދައްކައި މުސްލިމުން ނައްތައިލުމަށެވެ. ނަމާދުކުރާ ޖަމާއަތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުވޭތޯއެވެ!
އިއްޔެއަކީ އެމެރިކާގެ ސިޔާސަތު މިގޮތަށް ބަދަލުކޮށް މުސްލިމުންނަށް ކުރާ ތަފާތު ގޯނާތައް އިތުރުކުރަން ޓްރަމްޕް މަސައްކަތްފެށިފަހުން އައި ފުރަތަމަ ޢީދެވެ. ޓްރަމްޕް ނިދާފައި ހޭލިއިރު ކަމަކުދާކަށް ނެތެވެ. މަގުތައް ފުރިގެން ބަންޑުންވަނީއެވެ. ވަކި ސްޓޭޓެއްގައެއް ނޫނެވެ. ހުރިހާ ސްޓޭޓްތަކެއްގައިވެސްމެއެވެ. ޢީދު ނަމާދަށް ދާ މީހުންގެ އަދަދު ހަމަ ގިނަ ކަމުންނެވެ.
ޓްރަމްޕަށް ވިސްނޭނެ ނަމައެވެ. ކިތަންމެ ވަރަކަށް އަނިޔާކުރި ނަމަވެސް މުސްލިމުންގެ އަޤީދާ ބަދަލުނުކުރެވޭނެ ކަމެވެ. މާތްﷲގެ ވާގިފުޅާއިއެކު މުސްލިމުންގެ އަދަދު ދާނީ އެމެރިކާގައިވެސް ދުވަހުން ދުވަހަށް އިތުރުވަމުންކަމެވެ.