ސުންނަތް ރޯދަ ހިފަން ކުރެއްވި ޙަދީފުޅުގައި އޮތީ ރަމަޟާން މަހުގެ ރޯދަ ހަމަކުރުމަށްފަހު ހިފަން: ޝައިޚް ޢަލީ ޒައިދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ސުންނަތް ރޯދަ ހިފަން ކުރެއްވި ޙަދީފުޅުގައި އޮތީ ރަމަޟާން މަހުގެ ރޯދަ ހަމަކުރުމަށްފަހު ހިފަން: ޝައިޚް ޢަލީ ޒައިދް
ޝައްވާލް މަހުގައި 6 ރޯދަ ހިފުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ރަމަޟާން މަހުގެ ރޯދަ ހިފައި ފުރިހަމަކޮށް ނިމުމަށްފަހު ހިފުމަށް ކަމަށާއި ރަމަޟާން މަހުގެ ރޯދަ ހިފައި ނިމުނު ކަމަށްވާނީ ރަމަޟާން މަހު ރޯދައެއް ގެއްލިފައިވާނަމަ އެ ރޯދަ ވެސް ހިފައި ނިންމުމުން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޝައްވާލުމަހުގައި 6 ދުވަހު ރޯދަ ހިފުމަކީ ވަރަށް މަތިވެރި އަޅުކަމެއް ކަމަށެވެ. ނަމަވެސް ވިސްނައިލަންވީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އަމަލުކުރެވޭ ގޮތާއިމެދުގައި ކަމަށެވެ.

"ޙަދީޘްފުޅުގައި މިކަން ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވަވާފަ. "ރަމަޟާންމަހުގެ ރޯދަ ހިފައި ނިމުމަށްފަހު ދެން އެއާއި ވިދިގެން ޝައްވާލު މަހުގަ 6 ރޯދަ ހިފައިފިނަމަ އެމީހަކަށް މުޅި އަހަރު ދުވަހު ރޯދަ ހިފި ފަދައޭ. އެހައި ސަވާބާއި ދަރުމަ ލިބިގެންދާނޭ."

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނުގައި އައިސްފައިވާ ގޮތަކީ ތަފާތު ސަބަބުތަކާއިހުރެ އުޒުރުވެރިންނަށް ރަމަޟާން މަހު ގެއްލުނު ރޯދަތައް އަވަހަށް ހިފައި ނިންމުން ކަމަށާއި އެއަށްފަހު 6 ރޯދަ ހިފުން ކަމަށެވެ. "މިޙަދީޘްފުޅުގެ މަފްހޫމަކީ އެއީ. މި ހަދީޘްފުޅުގައި ބޭނުންކުރެވިފައި އެބައޮތް "ޘުއްމަ". ޢަރަބި ބަހުގައި އެއިގެ މާނައަކީ ދެން. މިބުނެވެނީ ރަމަޟާން މަހުގެ ރޯދަ ހިފައި ނިމިގެން ދެން ޝައްވާލުމަހުގެ 6 ރޯދަ ހިފައިފިނަމަ ކަމަށް. މިއީ އެންމެ މުހިންމު ނުޤުތާއަކީ."

"އިލްމުވެރިން ވިދާޅުވަނީ ރަމަޟާންމަހު ހިފަންޖެހޭ ރޯދަތައް ނުހިފައި ބަހައްޓާފަ ސުންނަތް ރޯދަ ހިފާނަމަ އެހިފެނީ ރަމަޟާން މަހުގެ ރޯދަތައް ފުރިހަމަ ނުކޮށް ކަމަށް. އެންމެ މުހިންމީ ޤަޟާކުރަންޖެހިފައިވާ ރޯދަ ހިފުންކަމަށް. ސުންނަތް ރޯދަ ހިފޭނީ ޤަޟާ ރޯދަތައް ފުރިހަމަކޮށްފައި ކަމަށް. ޢިލްމުވެރިން ވިދާޅުވަނީ. އެހެން ނޫނީ އެކަމުގެ ސަވާބާއި ދަރުމަވެސް ފަހަރެއްގައި ނުލިބިދާނެ ކަމަށް."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ގިނަ އަދަދެއްގެ ދީނީ ބޮޑެތި އިލްމުވެރިން މިމޭރުމުން ވިދާޅުވެފައިވާ ކަަމަށާއި މިމޭރުމުން ވިދާޅުވި ބޭފުޅުންގެ ތެރޭގައި ސައުދީގެ އެންމެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަލްޢައްލާމާ އިބްނުއްސައިމީ އާއި އިބްން ބާޒް މެން ފަދަ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ކަށެވެ.

ޝައިޚް ޢަލީ ޒައިދް ވިދާޅުވީ މީހަކަށް ރަމަޟާން މަހު ރޯދަ ނުހިފޭ ފަދަ ކަމެއް މެދުވެރިވެގެން މުޅި މަހުގައި ރޯދަ ނުހިފުނު ނަމަވެސް އޭނާއަށް އޮތީ ފުރަތަމަ ކަމެއްގެ ގޮތުން ރަމަޟާން މަހު ގެއްލިފައިވާ ރޯދަތައް ޤަޟާކުރުން ކަމަށެވެ. އަދި އެފަދަ މީހަކަށް ޛުލްޤައިދާ މަހުގައިވެސް ސުންނަތް 6 ރޯދަ ހިފިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. "މީހަކު މުޅި ރަމަޟާން މަސް އެކުގައި ބަލިވެ އުޅުނު ނަމަވެސް ޝައްވާލު މަހު އޮތީ ގެއްލުނު ރޯދަ ހިފުން. އެކަމުގައި މުޅި ޝައްވާލު މަސް ހޭދަވި ނަމަވެސް މައްސަލައެއް ނެތް. ޛުލްޤައިދާ މަހުގަ ވެސް 6 ރޯދަ ހިފިދާނެ."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ވާޖިބެއް ކަމަށާއި ރޯދަ ނުހިފިވާނަމަ އެމީހަކާއި ސުވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް ސުންނަތް ރޯދައެއް ނުހިފައިގެން އެމީހަކާއި ސުވާލުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އަބަދުވެސް އަވަސްވެގަންނަން ޖެހޭނީ ފަރުޟު ދަރަނިތައް އަދާކުރުމަށް ކަމަށެވެ.

ރާއްޖޭގެ ބައެއް އިލްމުވެރިން ވިދާޅުވަނީ ގެއްލުނު ރޯދަތައް މުޅި އަހަރަށް ބަހައިގެން ހިފިދާނެ ކަމަށާއި ޝައްވާލު މަހުގެ 6 ރޯދަ ފުރަތަމަ ހިފުމަށެވެ.

މިފަދަ އިލްމުވެރިންގެ ފަތުވާ އާއި ބެހޭގޮތުން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވަނީ މިފަދަ އިން ފަތުވާ ދެއްވާނަމަ މުޅި އަހަރު ދުވަހު ބަހާލައިގެން ރޯދަ ހިފަން އެމިހާ މަރުނުވެ ހުންނާނެކަމުގެ ގަރަންޓީ ވެސް ދެއްވަންވާނެ ކަމަށެވެ.
މިއަދު އޮންލައިން