ޙަރަމްފުޅަށް ދޭން އުޅުނު ހަމަލާ ހުއްޓުވަން އުޅުމުގަ އަނިޔާވި ސިފައިންގެ ހާލު، ވަލީއަހުދު ބައްލަވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޙަރަމްފުޅަށް ދޭން އުޅުނު ހަމަލާ ހުއްޓުވަން އުޅުމުގަ އަނިޔާވި ސިފައިންގެ ހާލު، ވަލީއަހުދު ބައްލަވާލައްވައިފި
މައްކާގެ ހަރަމްފުޅަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާ ހުއްޓުވަން މަސައްކަތްކުރަނިކޮށް އަނިޔާލިބިފައިވާ ސިފައިންގެ ހާލު، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބައްލަވާލައްވައިފިއެވެ.

ޢީދު ދުވަހު އެމަނިކުފާނު ވަނީ އަނިޔާލިބުނު ސިފައިންނަށް ޒިޔާރަތްކުރައްވައި ޢީދު ސަލާން ކުރައްވައި އެމީހުންގެ ހާލާއިބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

ހަރަމްފުޅު ތެރެއަށް ވަދެ ޖާނުން ފިދާވާން ތައްޔާރުވެ އުނަގަނޑުގައި ބޮން ބެލްޓް އަޅައިގެންހުރި ޓެރަރަރިސްޓް ސަލާމަތް ނުވެވޭނެކަން އެނގުމުން އަމިއްލައަށް ބޮން ގޮއްވައިލި ހާދިސާގައި ޢާންމުންގެ 6 މީހަކަށާއި ސަލާމަތީ ބާރުތަކުގެ 5 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މިކަމާއި ގުޅިގެން އަންހެނަކާއި 4 ފިރިހެނުން ހައްޔަރުކޮށްފައިވީނަމަވެސް އެމީހުންނާއިބެހޭ އިތުރު ތަފްޞީލު އަދި ހާމައެއް ނުކުރެއެވެ.
މިއަދު އޮންލައިން