ޢީދު ނަމާދަށްފަހު ސަލްމާން ރަސްގެފާނު ޖިއްދާއަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޢީދު ނަމާދަށްފަހު ސަލްމާން ރަސްގެފާނު ޖިއްދާއަށް ވަޑައިގެންފި
މައްކާގެ ހަރަމްފުޅުގައި އިއްޔެ ހެނދުނު ކުރި ފިޠުރު ޢީދު ނަމާދަށްފަހު ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މައްކާއިން ޖިއްދާއަށް ވަޑައިގެންފިއެވެ.

ހަރަމްފުޅުގައި ކުރި ޢީދު ނަމާދުގައި ސަރުކާރުގެ އިސްވެރިންނާއި ދީނީ ޢިލްމްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމާދަށްފަހު ސަފާ ޕެލަސްގައި ބޭއްވި ހެނދުނުގެ ސައިފޮދުގައިވެސް ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަމަޟާން މަހުގެ ފަހު 10 ސަލްމާން ރަސްގެފާނު ހޭދަކުރެއްވެވީ މައްކާގައެވެ. ތަރާވިސް ނަމާދާއި ދަމު ނަމާދުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ސައުދީ ރަސްގެފާނު ނަމަވެސް އެމީހަކު ކުރި އަޅުކަމަކުން ނޫނީ އެމީހަކަށް އެއްވެސް ސަވާބެއް ނުލިބޭނެތީއެވެ.
މިއަދު އޮންލައިން