ޑިމޮކްރަސީ އާ މިނިވަންކަމުގެ "މަންމަ" އިނގިރޭސިވިލާތުގަ މުސްލިމުންނަށް އެސިޑުން ހަމަލާ ދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޑިމޮކްރަސީ އާ މިނިވަންކަމުގެ "މަންމަ" އިނގިރޭސިވިލާތުގަ މުސްލިމުންނަށް އެސިޑުން ހަމަލާ ދެނީ!
ޑިމޮކްރަސީ އާއި މިނިވަންކަމުގެ "މަންމަ" ކަމަށް ދައުވާ ކުރަމުން އަންނަ އިނގިރޭސިވިލާތުގެ ބެކްޓަންގައި މުސްލިމް ދެބެއިންނަށް އެސިޑުން ހަމަލާދީފިއެވެ. މި ހަމަލާ ދީފައިވަނީ ދެބެއިން މި މަހުގެ 21 ވަނަ ދުވަހު ކާރު ޓްރެފިކް ލައިޓަށް މަޑުކުރި ވަގުތުގައެވެ.

ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ހިނގުމުގެ މާކުރިންވެސް އެކަމުގެ މައުލޫމާތު ލިބޭ އިނގިރޭސިވިލާތުގެ ފުލުހުންނަށް މިހާދިސާ އާއި ގުޅިގެން އަދި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވުނު ކަމަކަށްވެސް ނުވެއެވެ.

ދުބާއީގައި ދިރިއުޅޭ ރީޝަމް ޚާން އާއި ޖަމީލް މުޚްތާރުގެ ގައަށް އެސިޑް ޖެހުމުން ވަނީ ވަރަށް ބޮޑަށް މޫނާއި ބައެއް ތަންތަން އަނދައިފައެވެ. ވަރަށް ބޮޑެތި އޮޕަރޭޝަންތައް ކޮށްގެން ނޫނީ މީހުންގެ ތެރެއަށް ނުކުންނަން ލަދުގަންނަ މިންވަރަށް ފިހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް އަމިއްލަ ފަރާތްތަކުން ވަނީ އެމީހުންގެ ފޮޓޯ ފެނުމުން އޮޕަރޭޝަނަށް ކުރަންޖެހޭ ޚަރަދު ކޮށްދިނުމަށް ހުށަހަޅައިފައެވެ.
މިއަދު އޮންލައިން