މުމްބާއީ ސިޓީގެ ކުރީގެ ކޯޗް ސުޕޭންގެ އޮސްކާ ބުރުޒޮން ނިއުރޭޑިއަންޓުގެ ކޯޗުކަމަށް ހަމަޖައްސައިފިއެވެ.
ޢުމުރުން 40 އަހަރުގެ ކޯޗް މާލެ އައިސްފައިވާ އިރު، އޭނާ އެ މަޤާމަށް ހަމަޖެއްސީ ނިއުރޭޑިއަންޓްގެ ކޯޗް ކަމުގެ މަޤާމުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ދުރު ކުރުމަށްފަހުއެވެ.
ޔޫއެފާރ ޕްރޯ ލައިސަންސް އޮންނަ ބުރުޒޮން ވަނީ ކޯޗިންގ ދާއިރާއަށް ނުކުތުމަށްފަހު، އިންޑިއާގެ ސްޕޯޓިން ގޯއާއަށް އިރުޝާދުދީ އެޓީމަށް މުހިއްމު ކުރިއެރުންތަކެއް ހޯދައިދީފައެވެ.
ފުޓްބޯޅަ ކެރިއަރުގައި ސުޕޭންގެ ދެވަނަ ޑިވިޝަންގައި ވަރުގަދަ ކުލަބުތަކަށް ކުޅެފައިވާ ބުރުޒޮން ގޯއާ ޓީމުން ވަކިވުމަށްފަހު، މުމްބައި އެފްސީގެ އެސިސްޓެންޓް ކޯޗުކަމުގެ މަޤާމުގައި 2015 ވަނަ އަހަރާ ހަމައަށް ހުރުމަށްފަހު ސުޕޭންގެ ދެވަނަ ޑިވިޝަންގެ ވަރުގަދަ ކުލަބެއް ކަމަށްވާ މަލޯކާއިންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ވަނީ މަސައްކަތް ކޮށްފައެވެ.