މުސްލިމުންގެ ބިންތައް ދުޝްމަނުން ހިފައިފިނަމަ އެބަޔަކާ ދެކޮޅަށް ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން ޖިހާދު ކުރުމަކީ ވާޖިބެއް ކަމަށް އީރާނުގެ ރޫޙީ ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއި ވިދާޅުވެއްޖެއެވެ.
އަލްޤުދުސް ދުވަސް ފާހަގަ ކުރުމަށް ތެހެރާނުގައި ބޭއްވި އެއްވުމެއްގައި ތަޤުރީރު ކުރައްވަމުން އޭނާ ވަނީ ފަލަސްތީނުގެ މައްސަލައިގައި މުޅި އިސްލާމީ އުންމަތް އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ އިސްލާމީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއްމެ ބޮޑުއެއް މައްސަލަ ކަމަށެވެ. އަދި އިސްލާމީ ބައެއް ޤައުމުތަކުގެ ޢަމަލުތައް ހުންނަނީ ފަލަސްތީނުގެ މައްސަލައަށް އިހުމާލުވެފައި ކަމަށެވެ.
ހަނދާން ނައްތާލާފައިވާ އުސޫލުން ކަމަށްވެސް ޚާމަނާއި ވަނީ ވިދާޅުވެފައެެވ.