ޤަޞްދުގަ ފިޠުރު ޒަކާތް ނުދައްކައި ތިބެ ޢީދު ނަމާދަށް ދާކަށް ނުބުނާނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޤަޞްދުގަ ފިޠުރު ޒަކާތް ނުދައްކައި ތިބެ ޢީދު ނަމާދަށް ދާކަށް ނުބުނާނަން!
ރަމަޟާން މަހަކީ ދުނިޔޭގެ ހުރިހާ މުސްލިމުން އެއްބައިވަންތަކުރުވާ އަޅުކަމެކެވެ. ހުރިހާ ޤައުމުތަކެއްގައިވެސް ރޯދަ ހިފަނީ އެންމެން އެކުގައެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމަކީ (ޤަޟާ ރޯދަ ފިޔަވައި) އެހެން މަހެއްގައި ހިފޭނެ ރޯދައެއް ނޫނެވެ.

ޢީދު ނަމާދަކީ މިކަމުގެ ރަމްޒެވެ. ހުރިހާ މުސްލިމުންވެސް ރޯދަ ހިފަނީ އެކުގައެވެ. ޢީދު ނަމާދު ކުރަނީ އެކުގައެވެ. ފިޠުރު ޢީދު ދުވަހުއެވެ. ފުރުޞަތު އޮތްނަމަ އެންމެ ބޮޑު ޖަމާއަތުގައެވެ. މިސްކިތް ދޫކޮށް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމުގެ ބޭނުމަކީވެސް މުސްލިމުންގެ އެއްބައިވަންތަކަން ދައްކައި ގުޅުން ބަދަހިކުރުމެވެ.

މިއީ މުސްލިމުންނަކީ އެއްބައެއްކަން އަންގައިދޭ ކަމެކެވެ. މުސްލިމުންގެ އެންމެ ޢާންމު ސިފައަކީ އެއްބައިވަންތަކަމުގެ ސިފައެވެ. އެ ސިފަ އަަބަދުވެސް ދަމަހައްޓަންޖެހޭނެއެވެ. އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެއެވެ.

ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން ފިޠުރު ޒަކާތް ދެއްކުމަކީ މަޖުބޫރުކަމެކެވެ. ޒަކާތް ދައްކަންޖެހޭ މީހުން ޒަކާތް ނުދައްކައި ޢީދު ނަމާދު ކުރުމަކީ މުހިންމުކަމެއްކަމަށް ބުނަން ބޭނުމެއް ނޫނެވެ.
ޢީދު ދުވަހަކީ ދީލަތިކަން އިތުރުކުރާ ދުވަހަކަށް ހަދާށެވެ. އެންމެން ހެއްވާލާ އުފާކޮށްދޭ ދުވަހަކަށް ހަދާށެވެ. އެހެނީ ރޯދައިގެ އެންމެ މުހިންމު އެއް ބޭނުމަކީ ކާން ނުލިބިފައި ތިބި ނިކަމެތި އަޚުންގެ މަތިން ހަނދާންކުރުން ކަމަށްވާތީއެވެ.

ޢީދު ނަމާދަށްފަހު ސަލާންކޮށް ހެޔޮދުޢާ ކުރަން ކޮންމެހެން ތިމާ ދަންނަ މީހުންނާ ރައްޓެހިން ހޯދާކަށް ނުޖެހެއެވެ. ބައްދަލުވީ ކޮން ނަސްލެއްގެ ކޮން މަޒުހަބެއްގެ އަދި ކޮން ޤައުމެއްގެ މީހެއްކަން ބެލުމެއް ނެތެވެ. ބައްދަލުވާ އެންމެންނާއި ސަލާންކުރާށެވެ. ހެޔޮ ދުޢާ ކުރާށެވެ.

ދުނިޔޭގައި ޢާންމުވެފައި މިހާރު އޮތް އެންމެ ނުބައި ބައްޔަކީ ފިތުނައިގެ ބައްޔެވެ. ރޯދަ އާއި ޢީދަކީ މިބަލިން ދިފާއުވުމުގެ އެންމެ ބޮޑު ވަސީލަތަށް ހަދާތޯއެވެ!
(ދރ. ބިލާލް ފިލިޕްގެ ދަރުސަކުން)
މިއަދު އޮންލައިން