އަހަރެން ދެކެ ބިރު ނުގަނޭ - ކާނެ އެތިކޮޅެއް ދިނުމުން ނިމުނީ: ބަސްދަށުން ފެނުނު ޓެރަރިސްޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަހަރެން ދެކެ ބިރު ނުގަނޭ - ކާނެ އެތިކޮޅެއް ދިނުމުން ނިމުނީ: ބަސްދަށުން ފެނުނު ޓެރަރިސްޓް
މޮރޮކޯއިން ސްޕޭއިންގެ މެޑްރިޑަށް ބަސް އައިސް މަޑުކޮސްލިތާ ކުޑަ އިރުކޮޅެއްގެތެރޭގައި އެންމެންގެ ސަމާލުކަމަށް އައީ ބަހުގެ ދަށުގައި ފިލައި އޮތް ކުޑަކުއްޖެކެވެ. އަވަސް އަވަހަށް ފުލުހުންނާއި އަލިފާން ނިއްވާ ލޮރީ ގެނުވިއެވެ. ދީފާނެ ޓެރަރިސްޓް ހަމަލާއަކުން ސަލާމަތްވުމަށެވެ.

ހުރިހައި ކަންކަން ހަމަޖެހުމުން ކުއްޖާ އަމިއްލައަށް ބަސް ދަށުން ބޭރަށް ނުކުތެވެ. އެންމެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ވަރަށް ނިކަމެތި ހާލުގައި ހުރި ކުޑަކުއްޖަކު ފެނުމުންނެވެ. އެއްވެސް ބާވަތެއްގެ ހަތިޔާރެއް އަތުގައި ނެތްއިރު ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން ހުރީ ކަޅި ހުއްޓޭވަރުވެފައެވެ.

އޭނާ އޭނާގެ ވާހަކަތައް ކިޔައިދިނެވެ. އޭނޭ ބަހުގެ ދަށަށް ވަދެ ފިލީ ޔޫރަޕަށް އައިސް ރިފިޔުޖީއަކަށް ވުމުގެ ބޭނުމުގައެވެ. ޤައުމުގައި ހުރެގެން ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތުމުންނެވެ. އޭނޭ ބަހުގެދަށަށް ވަނީ މޮރޮކޯ ނުވަތަ މަޣްރިބް ކަރައިގެ ތަތުއާން ސިޓީންނެވެ. ދަތުރުމަތީގައި ދިމަވާ ގޮތަކުން ހަށިގަނޑު ފިތި ޗިސްޗިސްވި ނަމަވެސް އެކަމަށްވެސް ރުހިގެންނެވެ.

ކުއްޖާ ޑޮކްޓަރަށް ގެންގޮސް ޗެކުކުރި އިރު ބަނދަށް ޖެހުން ފިޔަވައި އެހެން ހުރިހާ ކަމެއްވެސް ރަނގަޅެވެ.

މިފަދަ ބޮޑެތި ރިސްކްތައް ނަގައިގެން އެފްރިކާގެ ޤައުމުތަކުން ކޮންމެ އަހަރަކު އެތައް ހާސް ބައަކު ޔޫރަޕަށް ހިޖުރަ ކުރެއެވެ.
މިއަދު އޮންލައިން