ދައްތައަށް ޖިންސީ ގޯނާކުރުމުން ބައްޕަ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދައްތައަށް ޖިންސީ ގޯނާކުރުމުން ބައްޕަ މަރާލައިފި
ދައްތައަށް 2 ފަހަރުމަތިން ޖިންސީ ގޯނާކުރިކަން އުމުރުން 19 އަހަރުގެ ފިރިހެން ދަރިފުޅަށް އެނގުމުން ވަޅިހަރައި ބައްޕަ މަރާލައިފިއެވެ.

ދައްތަ ކޮއްކޮ ގާތު އެވާހަކަ ބުނީ ބައްޕަގެ އަނިޔާވެރިކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ. ކޮއްކޮއަށް މައްސަލަ ހައްލުކުރަން ފެނުނު ގޮތަކީ ބައްޕަ މަރައިލުމެވެ.

އިންޑިއާގެ ޖައްމަގާރުގެ އަވަށެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އާއިލީ މައްސަލަތަކާއިހުރެ ފިރިމީހާ އާއިއެކު ނުއުޅެވިގެން އަނބިމީހާ އެއިރު ދިރިއުޅެނީ އަނބިމިހާގެ ގޭގައި ކަމަށެވެ. ބައްޕަ އެ އަމަލު ހިންގީ ކޮންމެ ދެ ހަފްތާއަކުން ފައިސާ ދިނުމުގެ ނަމުގައި އެގެއަށް ގޮސް ކަމަށެވެ.

ފުލުހުން ވަނީ 19 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައެވެ. އަވަށުގެ މީހުން ގޮވަމުން ގެންދަނީ ކުއްޖާއަށް އެއްވެސް އަދަބެއް ނުދީ މިނިވަން ކުރުމަށެވެ. އެފަދަ އަމަލުތައް ހިންގަން ޖެހެނީ ފުލުހުންނަށް މައްސަލަ ހުށަހެޅި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނުއަޅާތީކަމަށެވެ.
މިއަދު އޮންލައިން