ވެނެޒިޔުލާގެ ސްޕްރީމް ކޯޓަށް އަތުބޮމުން ހަމަލާ ދިނުމާއި އެކު ހޯމް މިނިސްޓްރީއަށް ބަޑިން ހަމަލާދީފިއެވެ.
ރިޕޯޓްތަްއ ބުނާ ގޮތުން ސްޕްރީމްކޯޓަށް ހަމަލާދީފައިވަނީ ފުލުހަކު ފުލުހުންގެ ހެލިކޮޕްޓަރެއް ވަގަށް ނަގައިގެންނެވެ.
އޭނާ ވަނީ ސަރަހައްދުގައި އުދުހުމަށްފަހު ސްޕްރީމް ކޯޓަށް 4 އަތުބޮމުން ހަމަލާ ދީފައެވެ. މީގެ ތެރެއިން އެއްބޮން ނުގޮވާ ކަމަށް ބެލެވެއެވެ. މިހަމަލާ ދިން ފުލުހުންގެ އޮފިސަރ އޮސްކާ ޕެރޭޒް ވަނީ އެކަންކުރީ އޭނާކަމަށް ބުނެ ވީޑިއޯ ހާމަކޮށްފައެވެ. ސަލާމަތީ ބާރުތަކުން ދަނީ އޭނާ ހޯދަމުންނެވެ.
ސަރުކާރުން ބުނެފައިވަނީ ހޯމް މިނިސްޓްރީއަށް ބަޑީގެ 15 ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.
ވެނެޒިޔުލާގެ ރައީސް ބުނަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ނަމަވެސް ވެނެޒިޔުލާގެ ހާލަތު މިހާރު އޮތް ގޮތުން އެއީ ޓެރަރިސްޓް ހަަމަލާއެއް ކމަކަށް ނުބެލެވެއެވެ. ވެރިކަމުގެ ކޮރަޕްޝަނާއި އަނިޔާވެރިކަން ބޮޑުވުމުގެ ސަބަބުން ގިނަ ބައަކު ގެންދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.