އެސްއެމްއެސް ވަންޑޭ ކަޕްގެ ޗެމްޕިއަންކަން އިރުމަތީ ސްޕޯޓްސް ކްލަބުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 32ސ
އެސްއެމްއެސް ވަންޑޭ ކަޕްގެ ޗެމްޕިއަންކަން އިރުމަތީ ސްޕޯޓްސް ކްލަބުން ހޯދައިފި
ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) އިން އިންތިޒާމުކޮށްގެން ބޭއްވި ވަންޑޭ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިރުމަތީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މާމެންދޫގައި އިއްޔެ ކުޅުނު މި މުބާރާތުގައި 7 ޓީމަކުން ވަނީ ވާދަކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އިރުމަތީ ސްޕޯޓްސް ކްލަބުން ހޯދީ ފައިނަލުގައި ޕްރޮގްރެސިވް ސްޕޯޓްސް ކުލަބާއި ވާދަކޮށް 5-2 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އިރުމަތީ ސްޕޯޓްސްގެ މުޙައްމަދު ޝަޒީމްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އިރުމަތީ ސްޕޯޓްސް ކްލަބުގެ 3 ކުޅުންތެރިންކަމަށްވާ މުޙައްމަދު ޝަޒީމް އާއި މުޙައްމަދު ވާރިޝް އާއި ޔޫނުސް އަންވަރާއި ޕްރޮގްރެސިވް ސްޕޯޓްސް ކުލަބުގެ ދެކުޅުންތެރިންކަމަށްވާ މުޙައްމަދު ހާޝިމް އާއި އަޙްމަދު ޝަމީމްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމް އިރުމަތީ ސްޕޯޓްސްގެ ހާނިމް ހޯދި އިރު، އެންމެ މޮޅު ކޯޗުގެ މަޤާމު ލިބިފައިވަނީ އިރުމަތީ ސްޕޯޓްސްގެ ސާދް ސަޢީދަށެވެ.

އުރީދޫގެ މެއިން ސްޕޮންސަރކަމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 2000 ރުފިޔާ އަދި ރަނަރ-އަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް އިން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރ އަޙްމަދު އައްސަދާއި އެރަށު ކައުންސިލު އިދާރާ އާއި ގއ. މާމެންދޫ ސްކޫލާއި ގއ. ދާންދޫ މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް ކްލަބާއި މިފްކޯގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.



މިއަދު އޮންލައިން